Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު ރަނގަޅުވާނެ: ޝާހު

ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު މިހާރު ވެސް ރަނގަޅުވާނެ: އެމްޓީސީސީ

06 މެއި 2019

ދަތުރުފަތުރުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ސަރުކާރުގެ ކުންފުނި އެމްޓީސީސީގެ ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު މިހާރު ވެސް ވަރަށް ރަނގަޅު ކަމަށާއި އެކަމަކު ޑްރައިވަރުންގެ ފެންވަރު މަތިކުރުމަށް އިތުރު ތަމްރީނު ދޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދަތުރުފަތުރުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ސަރުކާރުގެ ކުންފުނި އެމްޓީސީސީގެ ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު މިހާރު ވެސް ވަރަށް ރަނގަޅު ކަމަށާއި އެކަމަކު ޑްރައިވަރުންގެ ފެންވަރު މަތިކުރުމަށް އިތުރު ތަމްރީނު ދޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު އެހެން ވިދާޅުވީ، ހުޅުމާލޭގައި މިއަދު ހެނދުނު ޑްރައިވަރަކު ނިދާފައި އިނދެ ދުއްވާފައި ދިޔަ އެ ކުންފުނީގެ ބަހެއްގެ ދަށުވެ ޔުކްރެއިނުގެ އަންހެން ޓޫރިސްޓަކު މަރުވުމާ ގުޅިގެން "މިހާރު" ން ދެންނެވި ސުވާލަކާ ގުޅިގެންނެވެ.

ދިވެހި އަންހެނަކާ އެކު، ހެނދުނު ހިނގާލަން ނުކުމެ އުޅެނިކޮށް ޔުކްރެއިނުގެ އަންހެންމީހާ ބަހުގެ ދަށުވިއިރު އެ ބަސް ދުއްވާފައި ދިޔައީ އެ މީހާގެ ގައިގެ މަތިން ކަމަށް ވެ އެވެ. މި މައްސަލައިގައި ދިވެހި ޑްރައިވަރު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މި އެކްސިޑެންޓާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ ޝާހު ވިދާޅުވީ ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު މިހާރު ވެސް އޮތީ ވަރަށް ރަނގަޅަށް އަދި ފަސޭހަކޮށް ކަމަށެވެ. އެކަމަކު ރަނގަޅު ކުރަން އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަަމަށް ވިދާޅުވި އެވެ.

"މިހާރު ވެސް ޑްރައިވަރުން އަށް ގަޑިއިރުގެ ޑިއުޓީގެ ތެރެއިން ދުއްވަން ޖެހޭނީ ހަތަރު ގަޑިއިރު. އަނެއް ހަތަރު ގަޑިއިރަކީ ސްޓޭންޑްބައިގައި ތިބޭ ހަަތަރު ގަޑިއިރު،" ޝާހު ވިދާޅުވި އެވެ.

"ދެން އެ މީހުން އިތުރަށް ތަމްރީނު ކުރަން އަޅުގަނޑުމެން އަބަދުވެސް ޕްރޮގްރާމްތައް ހިންގަން. މި އަހަރު ވެސް ފުލުހުންނާ ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގިން. އަދިވެސް އިތުރު ތަމްރީނުތައް ދޭނަން."

ހުޅުމާލޭގެ ފިތުރޯނު މަގުން އެފްއެސްއެމްގެ ޕެޓްރޯލް ޝެޑު ކައިރިން މިއަދު ހެނދުނު ދުއްވާފައި ދިޔަ ބަހުގެ ދަށުވެ ޓޫރިސްޓަކު މަރުވިއިރު، އެ ބަހުގައި ބަޔަކު ތިބި ނަމަވެސް އެ މީހުންނަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.

"މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަސް ޑްރައިވަރު ނިދިގެން ކަމަށް،" މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން ބުންޏެވެ.

އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ހެނދުނު 6:37 ހާއިރު އެވެ.