Roadha Mihaaru
ބޮބީގެ މަރު:ދެ މީހަކު ކުށްވެރި، އެކަކަށް ސާބިތެއްނުވި

މުހީތުގެ މަރު: ދެ މީހަކަށް ކުށް ސާބިތުވެ، ތިން ވަނަ މީހާ ސަލާމަތްވެއްޖެ

08 މެއި 2019

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު އެއްޗެހިން ހަމަލާދީ އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އިތުރު މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު އެއްޗެހިން ހަމަލާދީ އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އިތުރު މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދަައުލަތުން ކްރިމިނަލް ކޯޓުގައި ތިން މީހަކަށް ދައުވާކުރި އެވެ. އެއީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މައިމޫނާއި މުހުޖަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އަދި މުޝައްފައުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ. އެކަމަކު ކުށް ސާބިތުވި ދެ މީހުންނަށް އަދި ހުކުމެއް ކަނޑައެއް ނާޅަ އެވެ.

މިހާރު އަމަލުކުރާ ޖިނާއީ އިޖްރާއާތުގެ ގަވާއިދު އޮންނަ ގޮތުން، އަދަބުގެ މިންވަރު ކަނޑައެޅުމުގައި ފަނޑިޔާރަށް އެއްވެސް އިހްތިޔާރެއް ނެތް ބާވަތުގެ ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި އަދަބު ކަނޑައަޅާނީ އަދަބާ ބެހޭގޮތުން ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު އެވެ. އަދަބު ކަނޑައެޅުމުގެ މަޖިލީހަކީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާތާ 10 ދުވަސް ތެރޭގައި ބާއްވާ މަޖިލީހެކެވެ.

މުހީތުގެ މަރާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު މެރުމަށް އެ ކޯޓުން ހުކުމް ކޮށްފައި ވާއިރު، އެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ. އެ ދެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.