06 ޖޫން 2024
މީގެ 12 އަހަރުން ކުރިން މާލޭގައި މަރާލި އަބްދުލް މުހީތު (ބޮބީ) މަރާލި މައްސަލާގައި ދެ މީހަކު މަރަން ހުކުމްކުރި މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ނުފެށި އަނެއްކާވެސް ފަސްވެއްޖެ އެވެ.
މީގެ 12 އަހަރުން ކުރިން މާލޭގައި މަރާލި އަބްދުލް މުހީތު (ބޮބީ) މަރާލި މައްސަލާގައި ދެ މީހަކު މަރަން ހުކުމްކުރި މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ނުފެށި އަނެއްކާވެސް ފަސްވެއްޖެ އެވެ.
ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި ގ. ވޭރު އަބްދުލް މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ ތެރެއިން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވެ، މަރުގެ ހުކުމް އިއްވީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލައީގޭ މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން އެ ދެ މީހުންގެ ފަރާތުން ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލާގެ ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ ދެ މީހުންގެ ވަކީލުން އެދުނީ އެ މައްސަލާގެ އިސްތިއުނާފް ފޯމް އިސްލާހު ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އެ ފުރުސަތު ނުދިނުމަށެވެ.
އިސްތިއުނާފް ނުކުތާތައް މިއަދު ހުށަހަޅަން ތައްޔާރު ނުވެވޭ ކަމަށް ވަކީލުން ވިދާޅުވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމަށް ތައްޔާރުވުމަށް ފުރުސަތު ދެއްވައިފަ އެވެ. ނަމަވެސް ދެން އޮންނަ އަޑުއެހުމެއްގައި ނުކުތާތައް ހުށަހަޅަން ޖެހޭނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.
އެ މައްސަލަ ކުރިން ނުފެށި އޮތީ މައިމޫނާއި މުހުޖަތުގެ ވަކީލުން ބަދަލުވުމުންނެވެ.
ހައި ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު އަބްދުލްމާނިއު އެވެ.
މުހީތުގެ މަރުގެ މައްސަލާގައި އިތުރު ދެ ކުއްޖެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު މަރުގެ ހުކުމް އިއްވި އެވެ. އެ މީހުންގެ މަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.
ދެ މީހެއްގެ މަރު: މައްސަލަ ނުފެށި ހަތަރު އަހަރު!
މުހީތުގެ މަރު: ވަކީލުން ހޯދަން ފަހު ފުރުސަތު
މުހީތުގެ ދެ ގާތިލުން މަރަން ހައި ކޯޓުން ތާއީދުކޮށްފި
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް
މަހްމޫދުގެ ގާތިލްގެ މަރުގެ ހުކުމަށް ތާއީދު
ނޫރުގެ ގާތިލަށް ކުށް ސާބިތުވިޔަސް މަރުގެއަދަބު ނުދެވޭނެ
ގާތިލަކު މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
ސާލިމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
މިރުޒާގެ މަރު: އެކަކު މަރުގެ އަދަބުން ސަލާމަތްވެއްޖެ
މިރުޒާގެ މަރު: ދެވަނަ މީހާއަށް ވެސް ބައްޕަ މާފުދީފި