09 މެއި 2019
ބިރުވެރި ފިލްމުތަކެއް މީގެ ކުރިން ވެސް ގެނެސްދިން ޑައިރެކްޓަރު އަމްޖަދު (އަމްޖޭ) އިބްރާހީމް އެ ޖޯންރާގެ ވެބް ސީރީޒެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.
ބިރުވެރި ފިލްމުތަކެއް މީގެ ކުރިން ވެސް ގެނެސްދިން ޑައިރެކްޓަރު އަމްޖަދު (އަމްޖޭ) އިބްރާހީމް އެ ޖޯންރާގެ ވެބް ސީރީޒެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.
ބައިސްކޯފް އެޕުން ހުކުރު ދުވަހުގެ ރޭ ސްޓްރީމް ކުރަން ފަށާ މި ސީރީޒްގެ ނަމަކީ ޝޫސްސް (Shhh) އެވެ. މިއީ އަމްޖޭ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފަސް އެޕިސޯޑްގެ ސީރީޒެކެވެ.
މައިގަނޑު ކާސްޓުން ފެނިގެން ދާނީ ޝީލާ ނަޖީބު، އަހުމަދު (އަޒޭ) އަޒްމީލް، އަހުމަދު (ތަޖޫބް) ޝާޒް، ޒީނަތު އައްބާސް އަދި އިރުފާނާ އިބްރާހީމެވެ.
އަމްބޭ ބުނީ އޭނާ ގެނެސްދޭ ފުރަތަމަ ވެބް ސީރީޒަކީ ނުދަންނަ މީހަކާ ކައިވެނި ކުރުމުން ދިމާވާ ހާދިސާތަކެއްގެ ތެރެއިން ކުރިމަތިވާ ބިރުވެރި ކަންތައްގަނޑެއް ފެންނަ އެއްޗެއް ކަމަށެވެ.
"މީގެ ކުރިން ދިވެހި އުފެއްދުމަކުން ނުފެން ކަހަލަ ބިރުވެރި ސީންތަކެއް މީގައި ކްރިއޭޓްކޮށްފައި ހުންނާނެ. އަހަންނަށް ވަރަށް ޔަގީންކަން އެބައޮތް ބެލުންތެރިންނަށް ކަމުދާ ކަހަލަ އެއްޗަކަށް މީތި ވާނެކަން،" މިދިޔަ އަހަރު "ރޭވުމުން" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "ސްޓޯރީ އާއި ޕްރެޒެންޓްކޮށް ދީފައި އޮތް ގޮތާއި ޓެކްނިކަލީ ވެސް ރަނގަޅު މަސައްކަތްތަކެއް މިއަށް ކޮށްފައި އިންނާނެ."
އަމްޖޭ ބުނީ ހުޅުމާލޭގައި ޝޫޓްކޮށްފައިވާ ސީރީޒް ހަދާފައި ވަނީ ޒުވާން ޓީމެއްގެ ހިޔާލުތަކަށް ވެސް ވަރަށް ބޮޑަށް ބަރޯސާވެގެން ކަމަށްވާތީ، ބެލުންތެރިންނަށް އަދި ވަކިން ހާއްސަކޮށް ޒުވާނުން ކަމުދާ އެއްޗަކަށް އޭނާގެ އަލަތު ވެބް ސީރީޒް ވާނެ އެވެ.
"މިއީ އަދި މީގެ ފުރަތަމަ ސީޒަން. ރޯދަ މަހު މި ގެނެސްދޭ ސީޒަނަށް ފަހު އިތުރު ބައިތަކެއް ވެސް ކުރިއަށް އަދި އޮންނާނެ،" އުދަބާނި އާއި ސަނދުރަވިރޭ ފަދަ ބިރުވެރި ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
"ތިއޭ މި ހިތުގެ ވިންދަކީ" ބައިސްކޯފުން
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"ހަނާ" ގެ ޓީޒާއެއް ދައްކާލައިފި
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި
"ހުވާ 2" މި މަހުގެ 30 ގައި
"ހަނާ" ފެންނާނީ ބައިސްކޯފުން
"ހުވާ" ގެ ދެވަނަ ސީޒަން މި މަހު ސްޓްރީމްކުރަނީ
ވެބް ސީރީޒް "އެހެނަސް" އޮލިމްޕަހަށް
"އެހެނަސް"ގެ ކާސްޓާއި ރަސްމީ ޓްރެއިލާ ދައްކާލައިފި
ފިލްމު ޕްރޮމޯޝަނަކަށް ކުރި ސަމާސާ ވިހަވެއްޖެ