Roadha Mihaaru

"ސްޓީލިން ޕެރަޑައިސް"ގެ ޓީޒާ އާއްމުކޮށްފި

03 ސެޕްޓެމްބަރ 2016

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން އަލް ޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމަންޓްރީ "ސްޓީލިން ޕެރަޑައިސް"ގެ ޓީޒާ ޔޫޓިއުބްގައި މިއަދު އާއްމުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން އަލް ޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމަންޓްރީ "ސްޓީލިން ޕެރަޑައިސް"ގެ ޓީޒާ ޔޫޓިއުބްގައި މިއަދު އާއްމުކޮށްފި އެވެ.

ޑޮކިއުމެންޓްރީ މާދަމާ ދައްކާނެ ކަމާ މެދު ސުވާލު އުފައްދަމުން ދަނިކޮށް، އާއްމުކުރި ޓީޒާއިން ފުރަތަމަ ފެންނަނީ ރާއްޖެ ޓީވީގައި ރޯކޮށްލާފައިވާ މަންޒަރެވެ. އޭގެ ފަހުން، ސަރުކާރަށް ތުހުމަތު ކުރާ ކޮރަޕްޝަންތަކާ ގުޅޭގޮތުން ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ވާހަކަ ދައްކަވާ މަންޒަރު ފެނެ އެވެ. ދައުލަތުން ހަރަދުކޮށް މުއައްސަސާތަކާއި ރައްޔިތުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލަތަކެއް ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވައި ވީޑިއޯގައި ނިޔާޒް ކަންބޮޑުވުންފާޅުކުރައްވަ އެވެ.

ތަހުގީގީ އެ ޑޮކިއުމެންޓްރީ ތައްޔާރުކޮށްފައި ވަނީ ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށެވެ. އެކި މީހުން ސައިކަލްތަކުގައި މިލިއަނުން ނަގުދު ފައިސާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށް ގެންގޮސްދިން ގޮތް، ސިއްރުން ނަގާފައިވާ އިންޓަވިއުތަކުގައި ސިފަކޮށްދީފައިވާ ކަމަށް، ޑޮކިއުމެންޓްރީގެ ތަފްސީލުގައިވެ އެވެ.

އަލް ޖަޒީރާ އިން ތައްޔާރު ކުރި "ސްޓީލިން ޕެރަޑައިސް" މާދަމާ ދައްކާނެ ކަމަށް ވޭ.

އަލް ޖަޒީރާ އިން ތައްޔާރު ކުރި "ސްޓީލިން ޕެރަޑައިސް" މާދަމާ ދައްކާނެ ކަމަށް ވޭ.

މި ޑޮކިއުމެންޓްރީ އަލް ޖަޒީރާ ޓީވީން، މާދަމާ ރާއްޖެ ގަޑިން ހަވީރު 5:00 ދައްކަން ނިންމައި ޕްރޮގްރާމް ގައިޑު ހިމަނާފައި އޮތެވެ. އެކަމަކު ޝެޑިއުލުން އެ ޑޮކިއުމެންޓްރީ ނެގީ، "ދިވެހި ލަޝްކަރު" ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން އަލް ޖަޒީރާގެ ރިޕޯޓަރު ވިލް ޖޯޑަން އަށް މަރުގެ އިންޒާރު ދީފައި ވަނިކޮށެވެ.

އެކަން ބަލަން ލަންޑަންގެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް، އަލްޖަޒީރާ އިންވެސްޓިގޭޓިވް ޔުނިޓުން ވަނީ ބުނެފަ އެވެ.

އަލްޖަޒީރާގެ ޑޮކިއުމެންޓްރީ އަށް ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އެއީ ފައިސާދީގެން އަލްޖަޒީރާ މެދުވެރިކޮށް ދައްކާ ޑޮކިއުމެންޓްރީއެއް ކަމަށް ސަރުކާރުން ތުހުމަތު ކުރެ އެވެ.

އަލް ޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުން ރާއްޖެއާ ގުޅޭ ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށްފައިވާއިރު މި ޔުނިޓުން ތައްޔާރުކުރި ބައެއް އުފެއްދުންތަކަށް ދުނިޔޭގެ ފެންވަރުގެ އެވޯޑު ވެސް ލިބިފައިވެ އެވެ.

މި ޑޮކިއުމަޓްރީ ދައްކާނީ ރާއްޖެ ގަޑިން މާދަމާ ހަވީރު 5:00ގަ އެވެ. އަދި އަލް ޖަޒީރާގެ މާދަމާގެ ޕްރޮގްރާމް ގައިޑްގައި ޑޮކިއުމެންޓްރީ ވަނީ ހިމަނައިފަ އެވެ.