04 ސެޕްޓެމްބަރ 2016
ދިވެހި ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންތަކާ ގުޅޭގޮތުން އަލް ޖަޒީރާ އިން ތައްޔާރުކޮށްފައިވާ "ސްޓީލިން ޕެރެޑައިސް" ތަހުގީގީ ޑޮކިއުމެންޓްރީގައި ރާއްޖެ އާއި ސަރުކާރު ބަދުނާމުވާގޮތަށް ދޮގު މައުލޫމާތު ދީފައިވާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އަޒްލީން އަހްމަދު މިއަދު ދެއްވައިފި އެވެ.
ދިވެހި ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންތަކާ ގުޅޭގޮތުން އަލް ޖަޒީރާ އިން ތައްޔާރުކޮށްފައިވާ "ސްޓީލިން ޕެރެޑައިސް" ތަހުގީގީ ޑޮކިއުމެންޓްރީގައި ރާއްޖެ އާއި ސަރުކާރު ބަދުނާމުވާގޮތަށް ދޮގު މައުލޫމާތު ދީފައިވާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އަޒްލީން އަހްމަދު މިއަދު ދެއްވައިފި އެވެ.
ޑޮކިއުމެންޓްރީ އަށް ދޮގު މައުލޫމާތު ދިން ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އަޒްލީން ވިދާޅުވެފައި މިވަނީ، އެ ޑޮކިއުމެންޓްރީ އަންނަ ބުދަ ދުވަހު ދައްކަން ނިންމައި ޓްރެއިލާތައް ޔޫޓިއުބްގައި އާއްމުކޮށްފައި ވަނިކޮށެވެ. ފުރަތަމަ އާއްމުކުރި ޓްރެއިލާގައި، ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭގޮތުން ކުރީގެ އޮޓިޑަ ޖެނެރަލް އިބްރާހިމް ނިޔާޒު ވާހަކަ ދައްކަވާ މަންޒަރު ފެނެ އެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ނަޝީދުގެ ވެރިކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަން ކުރެއްވި އައިޝަތު ވެލެޒިނީ އަދި މޯލްޑިވްސް އިންޑިޕެންޑެންޓް (ކުރީގެ މިނިވަން ނޫހު)ގެ އެޑިޓަރު ޒަހީނާ ރަޝީދުގެ އިންޓަވިއުތަކެއް ހިމެނޭ ޓްރެއިލާއެއް ވަނީ އާއްމުކޮށްފަ އެވެ. ކޮރަޕްޝަން ހިންގާ ގޮތް ދައްކައިދޭ، ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ފޮޓޯ ހިމެނޭ ޗާޓެއް ވެސް މި ޓްރެއިލާ އިން ފެނެ އެވެ.
އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.
ސޯޝަލް ކައުންސިލުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު ވިދާޅުވީ ދިވެހި ރާއްޖޭގެ އެއްވެސް ގާނޫނަކާ ތައާރަޒްވާ އެއްވެސް ކަމެއް ހިންގާކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ. ޣައިރު ދީނުގެ ބަޔަކާ ގުޅިގެން ރާއްޖޭގެ އަގު ވައްޓާލައި ބަދުނާމުކުރުމަކީ ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ފުރުސަތު ދޭންވާވަރުގެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެގޮތަށް ޓްރެއިލާތައް ހައްދަވައިގެން ހަބަރުތައް އޮޅުވާލައްވައިގެން ހަގީގީ މައުލޫމާތުތަކުގެ މައްޗަށް ބިނާ ނުކޮށް ދައްކާ ވާހަކަތަކެއް ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް އެނގޭ ހިސާބުން، އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެއްޖިއްޔާ އަޅުގަނޑުމެން އެކަން ހުއްޓުވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނާއި ކެބިނެޓްގެ ކޮންމެ ވަޒީރަކީ ވެސް އަބުރަކާއި އިއްޒަތެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެހެންކަމުން މި ބޭފުޅުންނަށް ނިސްބަތްކުރައްވައި ދައްކަވާ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކޮށް، އެއީ ސައްހަ ނޫން މައުލޫމާތެއް ނަމަ އަބުރާ އިއްޒަތް ކަތިލާން ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ، އެ ފުރުސަތެއް ނޯންނާނެ،" އަޒްލީން ވިދާޅުވި އެވެ.
ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ، އަލް ޖަޒީރާ ޓީވީން މިއަދު ދައްކަން ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު އެ ޑޮކިއުމެންޓްރީ ދައްކަން މިހާރު ޝެޑިއުލްކޮށްފައި ވަނީ އަންނަ ބުދަ ދުވަހެވެ.
ސަރުކާރަށް ނިސްބަތްވެވަޑައިގެންނަވާ އެކި ބޭފުޅުން ގެންދަވަނީ އެ ޑޮކިއުމެންޓަރީގައި ހުރެދާނެ ކަމަށް ބެލެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. އެ ގޮތުން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ އެއީ އިިދިކޮޅު ފަރާތްތަކުން އަލް ޖަޒީރާ އަށް ފައިސާ ދީގެން ހަދާފައިވާ ޑޮކިއުމެންޓްރީއެއް ކަމަށް ދޭހަވާ ގޮތަށް ވާހަަކަ ދައްކަވާފަ އެވެ.
"ސްޓީލިން ޕެރަޑައިސްގެ"ގެ ޓީޒާ އާއްމުކޮށްފި
މިއީ އެންމެ ކޮރަޕްޓް ސަރުކާރު: އުމަރު
ރައީސާ ދެކޮޅަށް ހެއްކާއި ގަރީނާއެއް ނެތް: ތަރުޖަމާން
މި ސަރުކާރުގައި ބްރޯއަކަށް ބްރޯއެއް އެބަހުރި: ޔާމީން
ޔާމީން ޖަލަށްލައި އަދީބު ގޭގައި ހުރުމަކީ ހަދިޔާއެއް!
ޔާމީންގެ ވަކީލުން އުޅެނީ ޝަރީއަތް ލަސްކުރަން: ސަރުކާރު
ބައްޕައަށް ދޭ އަނިޔާއަށް ޖަވާބުދާރީވާން ޖެހޭނެ: ޒެއިން
އިއުތިރާފަކީ ފައިދާއެއްތަ؟ ގެއްލުނު ފައިސާ ކޮބާ؟
ޔާމީނަށް އިންސާފު ހޯދަން އިދިކޮޅުން މުއައްސަސާތަކަށް
ފައިސާ ނަގަން އެދުމަކީ އިސްތިއުނާފަށް ހުރަސްއެޅުން