Roadha Mihaaru
ފަސް ތަރީގެ ހޮޓަލަށް ހަމަލާދިން އެންމެން މަރާލައިފި

ޕާކިސްތާނުގެ ފަސް ތަރީގެ ހޮޓަލަށް ހަމަލާ ދިން އެންމެން މަރާލައިފި

12 މެއި 2019

ގުވަދާރު (މެއި 12) - ޕާކިސްތާނުގެ ދެކުނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ ގުވަދާރު ސިޓީގެ ފަސް ތަރީގެ ހޮޓަލަށް ހަމަލާ ދިން ހަތިޔާރު އަޅައިގެން ތިބި ހަތަރު ޓެރަރިސްޓުން މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގުވަދާރު (މެއި 12) - ޕާކިސްތާނުގެ ދެކުނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ ގުވަދާރު ސިޓީގެ ފަސް ތަރީގެ ހޮޓަލަށް ހަމަލާ ދިން ހަތިޔާރު އަޅައިގެން ތިބި ހަތަރު ޓެރަރިސްޓުން މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޒަވަރް ޕާލް-ކޮންޓިނެންޓަލް ހޮޓަލަށް ހަމަލާ ދިން މީހުން ވަނީ އެ ހޮޓަލުގެ ސެކިއުރިޓީ ގާޑް މަރާލައިފަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލުންނާއި ބޭރުގެ މެހުމާން ތިބޭ މަޝްހޫރު ހޮޓަލަށް ހަތިޔާރު ހިފައިގެން ތިބި ހަތަރު މީހުން ވަނީ ހަވީރުގެ ވަގުތުގަ އެވެ. ގާޑު ވަނީ އެ މީހުން ސިޑިން އެރުން ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ހަތިޔާރު އަޅައިގެން ތިބި މީހުން ހޮޓަލަށް ވަން އިރު އެ ހޮޓަލުގައި ހުރީ އެންމެ ސްޓާފެއް ކަމަށެވެ. ހޮޓަލުގައި ތިބި ހުރިހާ ގެސްޓުން ވަނީ ސަލާމަތްކޮށްފަ އެވެ. ޕާލް ކޮންޓިނެންޓަލް އަކީ ގުވަދާރުގައި ހުންނަ ހަމައެކަނި ފަސް ތަރީގެ ހޮޓަލެވެ.

ގުވަދާރަކީ ޗައިނާ އިން މަލްޓި-ބިލިއަން ޑޮލަރުގެ ބަނދަރު ހަދަމުންދާ ސިޓީ އެވެ. ފަރުބަދަ މަތީ ހުންނަ 114 ކޮޓަރީގެ ހޮޓަލުން ގުވަދާރު ބަނދަރު ރީއްޗަށް ފެންނާނެ އެވެ.

ހަމަލާގެ ޒިންމާ ވަނީ ބަލޮޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން އުފުލައިފަ އެވެ. އެ ޖަމާއަތަކީ ޗައިނާ އާއި ބޭރުގެ އިންވެސްޓަރުންނާ ދެކޮޅު ހަދާ ބައެކެވެ. ބަލޮޗިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ޚާއްސަކޮށް ޗައިނާގެ އިންވެސްޓްމަންޓްތަކާ ދެކޮޅެވެ.

ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ އެއީ ޕާކިސްތާނުގެ އިގްތިސާދު ހަލާކުކޮށްލަން ދިން ހަމަލާއެއް ކަމަށެވެ.