04 ސެޕްޓެމްބަރ 2016
ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އަދަބު ދިނުން ހުއްޓުވަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އަދަބު ދިނުން ހުއްޓުވަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް އިންޒާރު ދީ އަދި ހަމަލާދޭ މީހުންނަށް ބޮޑެތި އަދަބުތަކެއް ހިމަނާފައިވާ އެ ގާނޫނުގެ ދަށުން އަދަބު ދިނުން ހުއްޓުވަން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ހައި ކޯޓަށް ހުށަހެޅީ ގާނޫނުލް އުގޫބާތުގެ ދަށުން، އެ ގާނޫނު އުވާލުމާ މެދު ގޮތެއް ނިންމަންޖެހޭއިރު އެކަން ނުކޮށް އޮތުމުންނެވެ.
ގާނޫނުލް އުގޫބާތު ބުނާގޮތުން ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި ބައެއް ގާނޫނުތައް އުވާލުމާ މެދު ގޮތެއް ނިންމަންޖެހޭނެ އެވެ. އޭގެ ތެރޭގައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު ހިމެނެ އެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމްޑީއެން އިން ހުށަހެޅި އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ހައި ކޯޓުން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތުމުން ކަމަށް އެ ކޯޓުގެ ނިންމުމުގައިވެ އެވެ. އެ ކޯޓުގެ ނިންމުމުގައިި ވަނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެ ކޯޓަށް ބެލޭނީ ގާނޫނެއް ނުވަތަ ގަވާއިދަކުން ބައެއް ގާނޫނު އަސާސީއާ ޚިލާފްވާ ކަމަށް ބުނެ ހުށަހެޅޭ މައްސަލަތައް ކަމަށާއި އެމްޑީއެން އިން ހުށަހެޅީ އެފަދަ މައްސަލައެއް ނޫން ކަމަށެވެ.
ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށިތާ މިދިޔަ ޖުލައި މަހު އެއް އަހަރު ފުރުނުއިރު، އެ ގާނޫނުގެ ދަށުން އުވާލުމާ މެދު ގޮތެއް ނިންމަންޖެހޭ ގާނޫނުތަކާ މެދު ގޮތެއް ނުނިންމާ އޮތުމުން އެ ގާނޫނުތަކުގެ ސައްހަކަމާ މެދު ބައެއް ވަކީލުން ސުވާލު އުފެއްދި އެވެ.
އެކަމަކު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ އެ ގާނޫނުތައް އުވާލުމާ މެދު ގޮތެއް ނުނިންމާ އޮތީ އެ ގާނޫނުތައް އުވާލަން ނުފެންނާތީ ކަމަށާއި އުވާލަން ނުފެންނަ ނަމަ އަމަލުކުރަންޖެހޭ ވަކި ގޮތެއް ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.
ތޫނު ހަތިޔާރު ގާނޫނުން އަދަބު ދިނުން ހުއްޓުވަން ކޯޓަށް
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް
"ގާނޫނީ ޒިނޭ" ގެ ތާރީހާއި އޭގެ ނަމުގެ މައްސަލަ
"ގާނޫނީ ޒިނޭ" އޮންނަ މާއްދާއިން ދައުވާކުރެވޭނެ
އަނބިމީހާއަށް ޒިނޭގެ ތުހުމަތުކުރި މީހާ ސަލާމަތެއް ނުވި
ޑީއެންއޭއިން ޒިނޭ ސާބިތުވުން: ބޮޑު ބަހުސަކަށް ނިމުން!
ޑީއެންއޭއިން ޒިނޭ ސާބިތުވާނެ، ދެވޭނީ ގާނޫނީ އަދަބެއް
އޮޅުވާލައިގެން ލައިސަންސް ހޯދަން އުޅުމުން ބޮޑު ޖޫރިމަނާ
ނަފުސާނީ ހާލަތާ ހެދި ބޭރުކޮށްލި މައްސަލަ އަލުން ބަލަނީ
ޚާއްސަ ގާނޫނުތަކުން ގާނޫނުލްއުގޫބާތު ޕެރަލައިޒްވެފައި؟!