Roadha Mihaaru
ސްޓާބަކްސްގެ "ސައިލެންޓް ކެފޭ" ޗައިނާގައި

ސްޓާބަކްސްގެ "ސައިލެންޓް ކެފޭ" ޗައިނާގައި ހުޅުވައިފި

21 މެއި 2019

އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސް އިން، އަޑުއިވުމުން މަހޫރުވެފައިވާ މުވައްޒަފުންތަކަކާ އެކު ޗައިނާގައި އައުޓްލެޓެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސް އިން، އަޑުއިވުމުން މަހޫރުވެފައިވާ މުވައްޒަފުންތަކަކާ އެކު ޗައިނާގައި އައުޓްލެޓެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ޗައިނާގެ ގުއާންގްޒޫގައި ހުޅުވި "ސައިލެންޓް ކެފޭ" އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދޭން ސްޓާބަކްސް އިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ހުޅުވި ތަނެކެވެ.

އެތަނުގައި ވަޒީފާ އަދާކުރާ 30 މުވައްޒަފުންގެ ތެރެއިން 14 މީހުންނަކީ އިވުމުން މަހުރޫމުވެފައިވާ މީހުންނެވެ. އޭގެ ތެރޭގައި ތިން މެނޭޖަރުން ވެސް ހިމެނެ އެވެ.

އިވުމުން މަހުރޫމުވެފައިވާ މުވައްޒަފުންތަކެއް ހިދުމަތް ދޭން ތިބޭތީ "ސައިލެންޓް ކެފޭ" ގައި ކަސްޓަމަރުން އޯޑަރު ދޭން ހާއްސަ ނިޒާމެއް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން އައުޓްލެޓުން ލިބެން ހުންނަ ބުއިންތަކަށް އޯޑަރު ދޭން ޖެހެނީ ކޮންމެ ބުއިމަކަށް ދީފައިވާ ނަމްބަރެއް އިޝާރާތުން ދައްކައި ނުވަތަ ލިޔެގެންނެވެ.

"މިއީ ސްޓާބަކްސްގެ އެތައް ހާއްސަ އައުޓްލެޓެއްގެ ތެރެއިން ޗައިނާގައި އެންމެ ހަމަހިމޭން މާހައުލެއް އޮންނާނެ ތަން. ހަގީގަތުގައި ހަމަހިމޭން ކަމަށް ލޯބިކުރާ މީހުން ވަރަށް ގަޔާވާނެ ތަނެއް،" ސްޓާބަކްސް ޗައިނާގެ ޗީފް އޮޕަރޭޓިން އޮފިސަރު ލިއޯ ސޯއީ ޒިންހުއާ ނިއުސް އެޖެންސީ އަށް ބުންޏެވެ.

Starbucks "adu neevey" customerunna eku

Starbucks "adu neevey" customerunna eku

The most trusted news source in the Maldives

Mihaaru

ސްޓާބަކްސް އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަމާލުކަން ދެމުން.

ސްޓާބަކްސް އިން އަންނަނީ "ސައިނިން ސްޓޯރް" ގެ ނަމުގައި، އަޑު ނީވޭ އަދި ވާހަކަ ނުދެއްކޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން މެލޭޝިިއާގެ ކުއާލަމްޕޫރާއި އެމެރިކާގައި ވޮޝިންޓަނުގައި އައުޓްލެޓްތަކެއް ވެސް ހިންގަމުންނެވެ.