Roadha Mihaaru
ގައުމީ ދުވަހުގެ ޖަލްސާ މިރޭ، 29 މީހަކަށް އިނާމު

ގައުމީ ދުވަހުގެ ޖަލްސާ މިރޭ، 29 މީހަކަށް ގައުމީ އިނާމު

06 އޮކްޓޯބަރ 2021

ގައުމީ ދުވަސް ފާހަގަކުރުމަށް މިރޭ ބާއްވާ ޖަލްސާގައި 29 މީހަކަށް ގައުމީ އިނާމު ދޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައުމީ ދުވަސް ފާހަގަކުރުމަށް މިރޭ ބާއްވާ ޖަލްސާގައި 29 މީހަކަށް ގައުމީ އިނާމު ދޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ބުނީ ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތުގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 14 އަދި ހާއްސަ އިނާމު 11 މީހަކަށް ދޭނެ ކަމަށެވެ.

ހާއްސަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވާނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ހަ މީހަކާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދި ހަތަރު މީހެއް އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމަށް އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލްކުރި މީހެކެވެ.

އޭގެ އިތުރުން ގުރުއާން ހިތުދަސްކޮށްގެން މި އަހަރު އެއް ވަނަ ދަރަޖައިގައި ފާސްވި 11 ހާފިޒުންނަށް ރައީސްގެ ހާއްސަ މެޑަލް ވެސް ދޭނެ އެވެ.

އެ ޖަލްސާގައި ރައީސް ގައުމާ މުހާތަބުކުރައްވާނެ އެވެ.