23 މެއި 2019
ނިޔޯން، ސްވިޒަލެންޑް (މެއި 23) - ގަތަރުގައި 2022 ގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުގެ އަދަދު 48 ގައުމަށް ބަދަލުކުރަން ކުރަމުން އައި މަސައްކަތް ފީފާ އިން ރަސްމީކޮށް ހުއްޓާލައިފި އެވެ.
ނިޔޯން، ސްވިޒަލެންޑް (މެއި 23) - ގަތަރުގައި 2022 ގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުގެ އަދަދު 48 ގައުމަށް ބަދަލުކުރަން ކުރަމުން އައި މަސައްކަތް ފީފާ އިން ރަސްމީކޮށް ހުއްޓާލައިފި އެވެ.
ފީފާ އިން ހަތަރު އަހަރުން އެއް އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިހާރު ކުރިއަށްދަނީ 32 ޓީމުގެ މެދުގަ އެވެ. އެ އަދަދު 48 އަށް އިތުރުކުރުމަށް މަޝްވަރާކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ވާހަކަ އެންމެ ބޮޑަށް ދެކެވުނީ އަންނަ މަހު އޮންނަ ފީފާގެ އިންތިހާބުގައި އިންފަންޓީނޯ ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމަށް ފަހު އެވެ. އަންނަ މަހު އޮންނަ އިންތިހާބުގައި ވާދަކުރަނީ ހަމައެކަނި ކަމަށްވުމުން މިހާރު އިތުރު ދައުރެއް ވަނީ ޔަގީންވެފަ އެވެ.
ގަތަރު ވޯލްޑް ކަޕުގައި އެ ބަދަލު ނުގެންނަން ފީފާ އިން ނިންމި އެންމެ ބޮޑު ސަބަބަކީ ކުއްލިއަކަށް ޓީމު އިތުރުކޮށްފިނަމަ އިތުރު އިންތިޒާމް ހަމަޖައްސަން ދަތިތަކެއް ކުރިމަތިވެދާނެތީ އެވެ. ގަތަރު ވޯލްޑް ކަޕް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ ގިނަ ގައުމުތަކުގެ ތާއީދާ އެކު ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތައް އިތުރުކުރަން ނިންމި ނިންމުމަށް އެ ގައުމުން ވެސް މަރުހަބާކިޔާ ކަަމަށާއި އެކަމަކު އެއީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަންތައްތައް އެންމެ ފުރިހަމަ އަށް އިންތިޒާމްކުރެވޭނެ ނަމަ ކަމަށެވެ.
އަދި ވޯލްޑް ކަޕް ބޭއްވުމަށް ތިން އަހަރާއި ބައިގެ މުއްދަތެއް އޮއްވައި ޓީމު އިތުރުނުކުރާނެކަން ރަސްމީކޮށް ފީފާ އިން ވެސް އިއުލާނުކުރުމުން މި މުބާރާތް މިހާރު އޮތް ފޯމެޓަށް ފުރިހަމަކަމާ އެކު ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައިވެ އެވެ.
ގަތަރު ފަދަ ކުޑަ ގައުމެއްގައި ޓީމު އިތުރުކޮށްގެން ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު އެންމެ ފުރަތަމަ ވެސް އޮތީ ކުޑަކޮށެވެ. އެކަމަކު ފީފާ އިން އޭރު ބެލީ ގަތަރާ އަވަށްޓެރި ގައުމުތަކުގައި ބައެއް މެޗުތައް ބާއްވާ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. އެކަން ކުރިއަށްނުދިޔައީ ސިޔާސީ ގޮތުން ގިނަ ގައުމުތަކާއި ގަތަރާ ގުޅުން ކުޑަވެފައި އޮތުމުންނެވެ.
ފީފާ އިން ވަނީ މޫސުމާއި އެހެނިހެން ކަންތައްތަކަށް ބެލުމަށް ފަހު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުޅޭނެ ތާރީހަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން ގަތަރު ވޯލްޑް ކަޕް ކުޅޭނީ ނޮބެމްބަރު 21 އިން ޑިސެމްބަރު މަހުގެ 18 އަށެވެ. މިއީ ޖޫން/ ޖުލައި ނޫން ހިސާބެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މި ބަދަލު ގެންނަން ނިންމީ އެ ދުވަސްވަރު ގަތަރުގެ ހޫނުމިން މަތިވާނެތީ އެވެ. ޖޫން މަހާއި ޖުލައި މަހު ގަތަރުގެ ފިނިހޫނުމިން އުޅޭނީ 50 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި އަހަރު ފަހު ކޮޅަށް ބަދަލުކޮށްފިނަމަ އުޅޭނީ 15-30 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.
ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ގެނައި ބޮޑު ބަދަލަކީ 1982 ވަނަ އަހަރު 24 ޓީމަށް ކުޅެވޭ ގޮތަށް ގެނައި ބަދަލެވެ. މިހާރު މި އޮތް ފޯމެޓަށް 32 ޓީމުގެ މެދުގައި ކުޅެން ފެށީ 1998 ވަނަ އަހަރު އެވެ. މިހާރު އޮތްގޮތުން 48 ޓީމުގެ މެދުގައި ކުޅޭ ފުރަތަމަ ވޯލްޑް ކަޕަށް ވެގެންދާނީ 2026 ވަނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕެވެ.
ވޯލްޑް ކަޕް ފެށުން އެއް ދުވަސް އަވަސްވެދާނެ
ވޯލްޑް ކަޕަށް 26 ކުޅުންތެރިން ގެންދަން ހުއްދަ ދީފި
ވޯލްޑް ކަޕުގެ ރެފްރީންގެ ތެރޭގައި ތިން އަންހެނުން
ވޯލްޑްކަޕުން އިކުއެޑޯގެ ބޭރުކުރަން ޗިލީން ހުށަހަޅައިފި
ގިނަމީހުން ބޭނުމީ ވޯލްޑް ކަޕުގައި މެސީ ކުޅޭތަން ބަލަން
އެމެރިކާ އާއި އިންގްލެންޑާއެކު އިރާން އެއް ގުރޫޕަކަށް
ރަޝިއާ ސަސްޕެންޑްކޮށް، ވޯލްޑް ކަޕުން ވެސް ބޭރުކޮށްފި
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
މެސީގެ ޓީމަށް ކްލަބް ވޯލްޑް ކަޕުން ފުރުސަތު ދީފި
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި