Roadha Mihaaru
އޫބާ ކަނޑު އަޑިއަށް؛ ދަތުރަކަށް 3،000 ޑޮލަރު

އޫބާ އިން ކަނޑު އަޑިއަށް؛ ދަތުރަކަށް 3،000 ޑޮލަރު

25 މެއި 2019

އެންމެ ފުޅާކޮށް ޓެކްސީގެ ހިދުމަތް ދޭ އެމެރިކާގެ އޫބާ އިން ކަނޑު އަޑިއަށް ވެސް ދަތުރުތައް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ފުޅާކޮށް ޓެކްސީގެ ހިދުމަތް ދޭ އެމެރިކާގެ އޫބާ އިން ކަނޑު އަޑިއަށް ވެސް ދަތުރުތައް ފަށައިފި އެވެ.

އޮސްޓްރޭލިއާ ޓޫރިސްޓް ގްރޫޕެއް ކަމަށްވާ ޓުއަރިޒަމް ކްއީންސްލޭންޑާ ގުޅިގެން އަލަށް ފެށި ހިދުމަތަކީ ދުއްވާ މީހާއާ އެކު ތިން މީހުންގެ ޖާގައިގެ ކުޑަކުޑަ ސަބްމެރިންއެއްގައި، ދުނިޔޭގެ އެންމެ ބޮޑު ފަރު ގްރޭޓް ބެރިއާ ރީފް ބަލައިލަން ފުރުސަތު ހުޅުލައިވުމެވެ. މިކަމަށް ބޭނުން ކުރަނީ "ސްކޫބާ" ކިޔާ ކުޑަ ސަބްމެރިންއެކެވެ. ދެ މީހެއްގެ ދަތުރަކަށް ނަގަކީ 3،000 ޑޮލަރު (46،230ރ) އެވެ.

ސްކޫބާ ކްއީންސްލޭންޑްގެ ވެބްސައިޓްގައި ބުނާ ގޮތުން ސްކޫބޭ މި ދަތުރުތައް އަދި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ވަރަށް ކުރު މުއްދަތަކަށެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކުން ވީހާ ވެސް އަވަހަށް ދަތުރުތަކަށް ބުކް ކުރަންވީ އެވެ.

ދަތުރުތައް މި ވަގުތު ހުޅުވާލާފައި ވަނީ މި މަހުގެ 27 އިން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ. އެގޮތުން އޮސްޓްރޭލިއާގެ އިތުރުން އެހެން ގައުމުތަކުގެ މީހުންނަށް ވެސް ބުކް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު ދަތުރު ތާވަލު ކުރާ ތާރީހުގައި އެ ބަޔަކު ތިބެން ޖެހޭނީ އެ ގައުމުގަ އެވެ.

ހަމަމިއާ އެކު ސްކޫބާގެ ދަތުރެއް ތަޖުރިބާކޮށްލަން ބޭނުންވާ މީހުން ސްކޫބާގައި ގްރޭޓް ބެރިއާ ރީފް ބަލައިލަން ބޭނުންވާ ސަބަބު ހާމަކޮށްފައި، މިހާރު ހުޅުވާލާފައިވާ "ވިން އަ ސްކޫބާ" ރައިޑް މުބާރާތުގެ ފޯމް ފިލްކޮށްލުމުން ގުރުއަތަކަށް ދާނެ އެވެ.

ސްކޫބާ އިން ބުނި ގޮތުގައި ދަތުރުތަކަށް އޫބާގެ މޮބައިލް އެޕް އެހީގައި ރިޒަވޭޝަން ހެދޭނެ އެވެ.

މި ހިދުމަތް ސްކޫބާ އިން ސިފަ ކުރަނީ ދުނިޔޭގެ ފުރަތަމަ "ރައިޑްޝެއާ ސަބްމެރިން" ހިދުމަތުގެ ގޮތުގަ އެވެ.