05 ސެޕްޓެމްބަރ 2016
ރ. ހުޅުދުއްފާރުގައި މިރޭ ސްކޫލް ކުދިންތަކެއް މާރާމާރީ ހިންގައި އެއް ކުއްޖަކު ޒަހަމްކޮށްލައިފި އެވެ.
ރ. ހުޅުދުއްފާރުގައި މިރޭ ސްކޫލް ކުދިންތަކެއް މާރާމާރީ ހިންގައި އެއް ކުއްޖަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ އިރުއޮއްސުނު ވަގުތު ހުޅުދުއްފާރުގައި ކުޑަކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއް އެ ރަށު ކައުންސިލުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަން، އެ އަތޮޅުގެ ވެރިކަން ކުރާ އުނގޫފާރުގައި ހުންނަ ފުލުހުންގެ މަރުކަޒުގައި ތިބޭ ފުލުހުންގެ ޓީމެއް ހުޅުދުއްފާރަށް ދިއުމަށް ދަތުރުކުރަމުން އަންނަ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ތިން ކުޑަކުއްޖެއްގެ މެދުގައި ހިނގި މާރާމާރީގައި ޒަހަމްވީ، ފުލުހުން ބުނި ގޮތުގައި، އެ ތަނުން އެއް ކުއްޖެކެވެ. އެ ކުއްޖާ އަށް ހުޅުދުއްފާރު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިނގީ ހުޅުދުއްފާރު ސްކޫލުގެ ގްރޭޑު ހަތެއްގައި ކިޔަވަމުން އަންނަ ތިން ކުއްޖެއްގެ މެދުގަ އެވެ. އޭގެ ތެރެއިން ޒަހަމްވީ އުމުރުން 12 އަހަރުގެ ކުއްޖެއް ކަމަށް ވާއިރު، އޭނާ އަށް ހަމަލާ ދިނީ އުމުރުން 13 އަހަރުގެ ދެ ކުއްޖަކު ކަމަށް ވެ އެވެ.
މި މާރާމާރީ ހިނގި ގޮތެއް އަދި ސާފެއް ނުވެ އެވެ. މީގެ އިތުރުން، ހުޅުދުއްފާރު ކައުންސިލާއި އާއިލާއާ ނުގުޅޭތީ އަނިޔާވި ކުއްޖާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ވެސް އަދި ނުލިބެ އެވެ.
ޕިކަޕެއް ޓޯކުރަން އުޅުމުން ފުލުހަކަށް އަނިޔާކޮށްފި
ޑްރަގް ކާޓެލްގެ އުސޫލު: ފައިސާ ނޫނީ އިނގިއްޔެއް!
ކުރީގެ ލޯބިވެރިޔާ ތުންފަތް ފަޅާލި މީހަކު ހައްޔަރުކޮށްފި
ތޫނު ހަތިޔާރުން ހަމަލާދޭމީހާ ތަހުގީގު ނިމެންދެން ބަންދު
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
މޫނު ނިވާކޮށްގެން ގެއަކަށް ވަދެ މީހަކަށް އަނިޔާކޮށްފި
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
ގެސްޓް ހައުސް މާރާމާރީ: ދެމީހަކު ހައްޔަރުކޮށްފި
އަތުހަރުގެ ގޮޅީގެ ވީޑިއޯއިން ގިނަ ސުވާލުތަކެއް!
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި