Roadha Mihaaru
ބޯޓު ކުރިއަށް ވުރެ ބޮޑަށް ފަރުގައި ތާށިވެ، ދިޔަވަނީ

ބޯޓު ކުރިއަށް ވުރެ ބޮޑަށް ފަރަށް އަރާފައި، ދިޔަވާން ވެސް ފަށައިފި

05 ސެޕްޓެމްބަރ 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު ފުންނުކުރެވި އުޅެނިކޮށް ކުރިއަށް ވުރެ ބޮޑަށް އެއްގަމަށް ޖެހުމުގެ އިތުރުން ދިޔަވާން ވެސް ފަށައިފި ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު ފުންނުކުރެވި އުޅެނިކޮށް ކުރިއަށް ވުރެ ބޮޑަށް އެއްގަމަށް ޖެހުމުގެ އިތުރުން ދިޔަވާން ވެސް ފަށައިފި ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމަށް ބޭނުންވާ މުދާ ހިފައިިގެން އެރަށަށް ދިޔަ "އެމްވީ އެންޖީއޯސީ ސަން"، ރަށުގެ އެންމެ ރާޅު ބޮޑު ސަަރަހައްދުގެ ފަަރަށް އެރީ މިދިއަ މަހު 13 ގަ އެވެ. ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏަކާ ހަވާލުކޮށްގެން ފުންކުރުމުގެ މަސައްކަތް ފެށި ނަމަވެސް އަދި ކޮޅެއްގައި ނުޖެހެ އެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ރާޅު ބޮޑުވެފައި މޫސުން ގޯސްވުމެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން ވަނީ 15 ދުވަހުގެ ތެރޭގައި ބޯޓު ފުންކުރަން ރާއްޖޭގެ އެޖެންޓް އޯޝަން ލޮޖިސްޓިކްސް އަށް ނޯޓިސް ފޮނުވައިފަ އެވެ. އެކަމަކު އެ މުއްދަތުގައި އެކަން ނުވުމުން އިތުރު 15 ދުވަސް ވަނީ ދީފަ އެވެ.

ފުވައްމުލަކު ދޫނޑިގަން ކައުންސިލް މެމްބަރު އަލީ ޝަޒީމް ވިދާޅުވީ ބޯޓުގައި ހުރި ތެޔޮ ޓަގު ބޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ބޯޓުގައި ހުރި 5،700 ޖަމްބޯ ބޭގްތައް އެހެން އުޅަނދަކަށް ބަދަލުކުރެވޭ ގޮތް ނުވުމުން، އޭގެ ތެރެއިން ބައެއް ބޭގްތައް މޫދަށް އަޅާލަން ވިސްނަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

"ބާޖު ކައިރިކުރެވޭ ވަރަށް ވުރެ އެ ސަރަހައްދު ގަދަކަމުން ބޯޓުގެ ކްރޭން ބޭނުންކޮށްގެން އެކަން ކުރަން އުޅެނީ،" ޝަޒީމް ވިދާޅުވި އެވެ.

"ވިއްސާރަވެ ގަދަވުން މައްސަލައަކީ، ބޯޓު ލުއިވަންދެން ޖަމްބޯ ބޭގްތައް ބާލާނެ ކަމަށް ބެލެވެނީ. މިކަމުގައި ފުވައްމުލަކު ބައެއް ރައްޔިތުން ވެސް ބައިވެރިވާނެ."

ފުވައްމުލަކު ފަރަށް އެރި ބޯޓު: ރާޅު ބޮޑުކަމުން ފުންކުރުމުގެ މަސައްކަތަށް ވަނީ ހުރަަސް އެޅިފައި

ފުވައްމުލަކު ފަރަށް އެރި ބޯޓު: ރާޅު ބޮޑުކަމުން ފުންކުރުމުގެ މަސައްކަތަށް ވަނީ ހުރަަސް އެޅިފައި

ދިގު މިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި އަދި 3700 ޓަނުގެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުންނާ ހަވާލާދީ އޭނާ ވިދާޅުވީ ބޯޓު ދިޔަވަމުން ދާތީ ދިޔަ ހިއްކަން ޕަމްޕްތަކެއް ވެސް ގެނެސްފައިވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުން ބޯޓު އަޑިން ލީކްވުމެއް އުޅޭތީ ބޯޓަށް ފެން ވަންނާނީ. އަދި ލީކްވާތީ މޫދަށް ކޮންމެވެސް ވަރަކަށް ތެޔޮ ފައިބަމުން އެބަ ދޭ،" ޝަޒީމް ވިދާޅުވި އެވެ.

ބޯޓުން މުދާ ހުސްކުރަން ކޮޅުވެއްޓިއެއް ގެންދިޔަ ނަމަވެސް ބޯޓާ ކައިރި ކުރެވޭ ވަރަށް ވުރެ އެ ހިސާބު ގަދަކަމުން އެކަން އޮތީ ނުކުރެވި އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރަަން ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ.