Roadha Mihaaru
މަޖިލިސް ދާނީ ރައްޔިތުންގެ އުންމީދާ އެއްގޮތަށް: ނަޝީދު

ރައީސާ އެކު އޮތް ގުޅުމަށް ބުރޫއެއް ނާރާ، މަޖިލިސް ހިންގާނީ ރައްޔިތުންގެ އުންމީދާ އެއްގޮތަށް: ނަޝީދު

28 މެއި 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އޮތް ގުޅުމަށް ކުޑަ ވެސް ބުރޫއެއް ނާރާ ކަމަށާއި ރައްޔިތުންގެ މަޖިލިސް އޮންނާނީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ސަރުކާރުގެ ވައުދުތައް ފުއްދާ ތަނެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އޮތް ގުޅުމަށް ކުޑަ ވެސް ބުރޫއެއް ނާރާ ކަމަށާއި ރައްޔިތުންގެ މަޖިލިސް އޮންނާނީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ސަރުކާރުގެ ވައުދުތައް ފުއްދާ ތަނެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ތެރެއިން ހޮވާނެ ބޭފުޅަކާ މެދު ބޮޑު ބަހުސަކަށް ގޮސް، ރައީސާއި ނަޝީދުގެ ސަޕޯޓަރުން ދެ ބަޔަކަށް ބެހުނެވެ. އަދި އެމްޑީޕީގެ ތެރެއިން ސަރުކާރަށް ފާޑު ކިއުންތަކެއް އަމާޒުވުމުން، ރައީސާއި ނަޝީދުގެ ގުޅުން ގޯސްވެފައި އޮތް ކަމަށް އަޑު ފެތުރުނެވެ.

މާދަމާ ރޭ ހުވާ ކުރާ އާ މަޖިލިހުގެ ރައީސް ކަމަށް ގެނައުމަށް ރައީސް ތާއީދު ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފަށެވެ. އަދި މަޖިލިހުގެ ރައީސް ކަމަށް ގެނައުމަށް ނަޝީދު ތާއީދު ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށެވެ.

އެކަމަކު ދަރުބާރުގޭގައި އޮތް ބައްދަލުވުމުގައި އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނަށް ވެސް އިއްތިފާގުވެވަޑައިގެންނެވުނީ މަޖިލިހުގެ ރައީސް ކަމަށް ނަޝީދު ގެނައުމަށެވެ. މިއީ ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ނިމިގެން ދިޔަ ނިންމުމެކެވެ. އެއީ މި މަގާމަށް ވަޑައިގަތުމަށް ނަޝީދު ކެމްޕެއިން ނުކުރެއްވުމާއި ފަހު ވަގުތާ ޖެހެން ދެން އަފީފާއި އަސްލަމް ވެސް ކެމްޕެއިން ކުރެއްވުމެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާ ކެންޑިޑޭޓަކު ހޮވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި އެޕާޓީގެ ބައެއް ބޭފުޅުން.--.ފޮޓޯ:ނިޝާން އަލީ/މިހާރު

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާ ކެންޑިޑޭޓަކު ހޮވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި އެޕާޓީގެ ބައެއް ބޭފުޅުން.--.ފޮޓޯ:ނިޝާން އަލީ/މިހާރު

ބައްދަލުވުމަށް ފަހު ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެމަނިކުފާނާއި ރައީސާ ދެމެދު އޮތް ގުޅުމަށް އެއްވެސް ބުރޫއެއް ނާރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ގުޅުމަށް ބުރޫއެއް ނާރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދެ މީހުންނަކީ ވަރަށް ގިނަ ދުވަހު އެކުގައި މަސައްކަތްކޮށްފައިވާ ދެ މީހުން. އަޅުގަނޑުމެންނަކަށް އެއްވެސް ހާލެއްގައި ހުއްޓުމެއް ވެސް އަދި ދަތިކަމެއް ވެސް ނާންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަތުމަކީ ކުރިން ވިސްނަވާފައި އޮތް ކަމެއް ނޫނެވެ. އެކަމަކު، އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން އޮތީމަ، ހިޔާލު ތަފާތުވުންތަކާ އެކީގައި ކުރިއަށް ނުދާން ހުރިހާ ބޭފުޅުން ވެސް ނިންމެވީމަ، އެގޮތަށް ތާއީދު ކުރެއްވީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަން އަޅުގަނޑުމެންނަށް ކުރިމަތިވެފައި އޮތް ދަތި މަގު ވެސް. އެހެންވީމަ، އެބޭފުޅުންގެ އެދިވަޑައިގަތުން ގަބޫލު ކުރަން ޖެހުނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިރޭ ދަރުބާރުގެ ކައިރިއަށް އެއްވި ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަޝީދު މިރޭ ދަރުބާރުގެ ކައިރިއަށް އެއްވި ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަޝީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މަޖިލިސް ހިނގަމުން ދާނީ ގާނޫނުއަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ރައްޔިތުން "އެޖެންޑާ 19" އަށް ވޯޓު ދިނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވާން ބޭނުންވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މަޖިލިސް ހިނގަމުންދާނީ ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އިސްލާމީ އުސޫލުތަކާއި ހަމަތަކާ ހިލާފަށް އެއްވެސް ކަމެއް މަޖިލިހުގައި ހިނގައިގެން ނުދާނެ،" ތިން އަހަރެއްހާ ދުވަހު ރާއްޖޭގައި ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިހުގެ ރައީސަކަށް ވަޑައިގަތުމަށް ނިންމެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިފަ އެވެ. އެކަމަކު، ބައްދަލުވުން މެދު ކަނޑާލުމަށް ފަހު، ފޯން ކޯލް ކުރެއްވީ ކޮން ބޭފުޅަކާ ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.