30 މެއި 2019
ގިނަ އަދަދެއްގެ ތެލާ އެކު އިއްޔަ ހަވީރު ކާށިދޫ ފަރަށް އެރި އެސްޓީއޯގެ ތެޔޮ ބޯޓު "މާތޮޅި" ފުން ކުރަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
ގިނަ އަދަދެއްގެ ތެލާ އެކު އިއްޔަ ހަވީރު ކާށިދޫ ފަރަށް އެރި އެސްޓީއޯގެ ތެޔޮ ބޯޓު "މާތޮޅި" ފުން ކުރަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ ބޯޓު ފަރަށް އެރީ ސްޓެލްކޯ އިން ކާށިދޫގައި ހިންގާ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ހިފައިގެން ދަނިކޮށް ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބޯޓުގައި އޭރު 180،000 ލިޓަރުގެ ޑީސަލް އާއި 27،000 ލިޓަރުގެ ޕެޓްރޯލް ހުއްޓެވެ.
އެކަމަކު ބޯޓުން ތެޔޮ ލީކުވުން ފަަދަ ކަމެއް ހިނގާފާނެ ކަމުގެ ބިރެއް ނެތް ކަމަށް ގަސަމް ވިދާޅުވި އެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެއީ ޑަބަލް ހަލް ބޯޓަކަށް ވުމެވެ.
މާތޮޅި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޕީއެލްގެ އެހީތެރިކަމާ އެކު އެވެ.
ގަސަމް ވިދާޅުވި ގޮތުގައި ބޯޓު ލުއިކުރުމުގެ ގޮތުން އޭގެ ތެޔޮ އެހެން ބޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެކަމަކު ބޯޓު އަރާފައި އޮތް ސަރަހައްދު ގަދަކަމުން އެހެން އުޅަނދަކަށް ކައިރި ނުވެވޭތީ ތެޔޮ ހުސްކުރަމުން ދަނީ ދުރުގައި ބޯޓެއް ބާއްވައިގެން ހޮޅި ގުޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ކާށިދޫ ފަރަށް އެރި އެސްޓީއޯގެ ތެޔޮ ބޯޓު "މާތޮޅި": އެ ބޯޓު ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުން.
އެމްއެންޑީއެފުން ބުނީ ކާށިދޫ ނެރު ކައިރިއަށް އަރާފައިވާ ބޯޓަށް މިހާތަނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ފަރަށް އެރިއިރު އޭގައި ދިވެހި ހަ ފަޅުވެރިން ތިއްބެވެ.
އެސްޓީއޯގެ އެހެން ތެޔޮ ބޯޓެއް ކަމަށްވާ "ގުރާބު" ވަނީ 2017 ގައި ޅ. ފެލިވަރު ކައިރިއަށް ފަރަށް އަރައިފަ އެވެ.
ތަކެތި ނައްތާލުމާ ގުޅޭ ގޮތުން ޕީސީބީގެ އިންޒާރެއް
އެފްރިކާގައި ހިފެހެއްޓި ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ހިފެހެއްޓި ދެ ބޯޓު ރާއްޖެ ގެންނަން މަސައްކަތް ކުރަނީ
ތެޔޮ ބަންކަރިންގެ ހިދުމަތް މި އަހަރު ފަށާނެ: އެސްޓީއޯ
ތެޔޮ ބޯޓު ދިޔަވާން ފެށުމުން ހަރަކާތްތެރިވާން ފަށައިފި
ތެޔޮ އުފުލަން އެފްއެސްއެމްއަށް ބޮޑު ބޯޓެއް
ލިއުންތައް ހުރިކަމަށް ބުނީ ނުފޫޒުފޯރުވަން: މެރީޑިއަމް
އެސްޓީއޯ އަށް ލިބެންޖެހޭ 800 މިލިއަން ނުދައްކާ
ބޯޓު ފަރަށް އަރައިގެން ލިބުނު ގެއްލުން ބަލާނެ: އީޕީއޭ
އެފްއެސްއެމްގެ އެމްޑީ އަކަށް ގަސަމް