Roadha Mihaaru
ބެޓްމޭންގެ ރޯލް ދެން ކުޅޭނީ ރޮބަޓް ޕެޓިންސަން

ބެޓްމޭންގެ ރޯލް ދެން ކުޅޭނީ ރޮބަޓް ޕެޓިންސަން

02 ޖޫން 2019

އެކްޓަރު ބެން އެފްލެކަށް ފަހު ދެން ބެޓްމޭންގެ ރޯލް ކުޅޭނެ އެކްޓަރަކާ މެދު ކުރެވެމުން ދިޔަ ބަހުސަށް މިއޮތީ ނިމުމެއް އައިސްފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ބެން އެފްލެކަށް ފަހު ދެން ބެޓްމޭންގެ ރޯލް ކުޅޭނެ އެކްޓަރަކާ މެދު ކުރެވެމުން ދިޔަ ބަހުސަށް މިއޮތީ ނިމުމެއް އައިސްފަ އެވެ.

ދާދި ފަހުން އަޑެއެރި ގޮތަށް ބެޓްމޭންގެ ރޯލާ އަލަށް ހަވާލުވެފައި ވަނީ "ޓްވައިލައިޓް" ގެ ފިލްމުތަކުން ވިދާލި ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަން އެވެ. އެކަން ވޯނާ ބްރަދާޒް އިން މިހާރު ކަށަވަރުކޮށް ދީފައިވާ އިރު، ޕެޓިންސަން ބެޓްމޭންގެ ރޯލު ކުޅޭ ފުރަތަމަ ފިލްމު ޖޫން، 25، 2021 އަށް ވަނީ ތާވަލުކޮށްފަ އެވެ.

މެޓް ރީވްސް ޑައިރެކްޓް ކުރާ ފިލްމުގެ ތައްޔާރީތައް ވޯނާ ބްރަދާޒް އާއި ޑީސީން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ފަށާނެ އިރެއް އިއުލާން ކުރާނެ އެވެ.

އެފްލެކް، 46، ވަނީ ދެ ފިލްމެއްގައި ބެޓްމޭންގެ ރޯލް ކުޅެފަ އެވެ. އެއީ 2016 ގައި ރިލީޒް ކުރި "ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް" އާއި 2017 ގައި ރިލީޒް ކުރި "ޖަސްޓިސް ލީގް" ގަ އެވެ.

ބެޓްމޭންގެ ރޯލުން ބެލުންތެރިން އެފްލެކް ވަރަށް ބޮޑަށް ބަލައިގެންފައިވާ އިރު، މިހާރު ސުވާލަކީ ޕެޓިންސަން އަށް އެ ރޯލަށް ކިހާ މޮޅަކަށް އިންސާފުކޮށް ދެވިދާނެތޯ އެވެ؟ އެއެއް ބަލައިލަން ޖެހޭނީ އިންތިޒާރުކޮށްލާށެވެ ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މިއީ ކްރިސްޓިއަން ބޭލް އަށް ފަހު ބެޓްމޭންގެ ރޯލް ދެވަނަ އަށް ކުޅޭ އެންމެ ޒުވާން އެކްޓަރު ކަމެވެ. ބޭލް ބެޓްމޭންގެ ރޯލް ކުޅުނު އިރު އުމުރަކީ 31 އެވެ.

ބެޓްމޭންގެ ރޯލަށް 33 އަހަރުގެ ޕެޓިންސަން ސޮއި ކުރި އިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކްރިސްޓޯފާ ނޯލަން އަންނަ އަހަރުގެ ޖުލައި 17 ގައި ގެނެސްދޭ "ދަ ޓެނެޓް" ފާހަގަކޮށްލެވެ އެވެ.

މިދިޔަ މަހު ކާންސް ފިލްމު ފެސްޓިވަލްގައި ޕްރިމިއާ ކުރާ "ދަ ލައިޓްހައުސް" ގެ ބަތަލު މި އަހަރު ފެންނާނެ އިތުރު ފިލްމުތަކުގެ ތެރޭގައި "ދަ ކިންގް" އާއި "ވެއިޓިން ފޮ ދަ ބާބޭރިއަންސް" ހިމެނެ އެވެ.