Roadha Mihaaru
ޕެޓިންސަންގެ "ދަ ބެޓްމޭން" ގެ ވިލަންއަކަށް ޖޯން

ރޮބަޓް ޕެޓިންސަންގެ "ދަ ބެޓްމޭން" ގެ ވިލަންއަކަށް ޖޯން ޓަޓާރޯ

25 ނޮވެމްބަރ 2019

ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަން "ދަ ބޭޓްމޭން" ގެ ރޯލް ކުޅޭ ޑައިރެކްޓަރު މެޓް ރީވްސްގެ ފިލްމުގެ ވިލަންގެ ރޯލް ޖޯން ޓާޓަރޯ އަށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަން "ދަ ބޭޓްމޭން" ގެ ރޯލް ކުޅޭ ޑައިރެކްޓަރު މެޓް ރީވްސްގެ ފިލްމުގެ ވިލަންގެ ރޯލް ޖޯން ޓާޓަރޯ އަށް ދީފި އެވެ.

އެ ވާހަކަ ރީވްސް ވަނީ ޓްވީޓްކޮށްފަ އެވެ.

"ދަ ބެޓްމޭން" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު ޖޯން އަކީ 2007 ގެ "ޓްރާންސްފޯމާޒް" އާއި "މިސްޓަ ޑީޑްސް" ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރެކެވެ. އުމުރުން މިހާރު 62 އަހަރުގެ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އޭނާ ޑައިރެކްޓް ވެސް ކޮށްފައިވާ "ޖިސަސް ރޯލްސް" އެވެ. އެ ފިލްމަކީ 1998 ގައި ރިލީޒްކުރި "ދަ ބިގް ލެބޯޒްކީ" ގެ ސްޕިން-އޮފެކެވެ.

މީގެ އިތުރުން އެމީ އެވޯޑް ހާސިލުކޮށްފައިވާ ޖޯން އަންނަނީ އެޗްބީއޯ އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ މިނީ ސީރީޒް "ދަ ޕްލޮޓް އެގެއިންސްޓް އެމެރިކާ" ގެ މަސައްކަތް ވެސް ކުރަމުންނެވެ.

"ދަ ބެޓްމޭން" ގެ ވިލަންގެ ރޯލް ކުޅެން ޖޯން އަށް ލިބުނު އިރު، ކްރިސްޓޮފާ ނޯލަން ގެނެސްދިން 2005 ގެ "ބެޓްމޭން ބިގިންސް" ގައި ވިލަން ކާމައިން "ދަ ރޯމަން" ފަލްކޯންގެ ކެރެކްޓާ ކުޅުނީ ޓޮމް ވިލްކިންސަނެވެ.

ޖޫން 25، 2021 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ރީވްސްގެ "ދަ ބެޓްމޭން" ގެ ކާސްޓްގައި ޒޯއީ ކްރަވިޒް، ޕޯލް ޑާނޯ، ކޮލިން ފެރެލް، ޖެފްރީ ރައިޓް އަދި އެންޑީ ސާކިޒް ހިމެނެ އެވެ.