މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްގެ އަސަރު ހަށިގަނޑުގައި ހުންނައިރު، ދިރިއުޅުން ބިނާކުރުމަށް އާމްދަނީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާ މެދު ފަރުވާ ކުޑަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްގެ އަސަރު ހަށިގަނޑުގައި ހުންނައިރު، ދިރިއުޅުން ބިނާކުރުމަށް އާމްދަނީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާ މެދު ފަރުވާ ކުޑަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ސައިންސްވެރިން ކުރި ދިރާސާތަކަށް ފަހު ބުނެފައި ވަނީ އާންމުކޮށް ކެނަބިސް ބޭނުންކުރާ މީހުން ވެސް، ކެނަބިސްގެ އަސަރު ހަށިގަނޑުގައި ނުހުންނަ ނަމަ، އެ ބޭނުން ނުކުރާ މީހުންނެކޭ އެއްފަދައިން މަސައްކަތާ މެދު ވިސްނާ ކަމަށެވެ.
ދިރާސާކުރި ޓީމުން ބުނެފައި ވަނީ މިއީ ކެނަބިސް ބޭނުންކުރާ މީހުން މަސައްކަތަށް ފަރުވާ ކުޑަ ކަމަށް ޒަމާނުންސުރެ ގަބޫލުކުރެވިފައި އޮންނަ އޮތުން ކަށަވަރުވި ދިރާސާއެއް ކަމަށެވެ.
މި ހޯދުމުގައި، ސައިންސްވެރިން ވަނީ ދެ ދިރާސާއެއް ކޮށްފަ އެވެ. އެއް ދިރާސާއެއްގައި، ކެނަބިސް ބޭނުންކުރާ 17 މީހަކަށް، ފައިސާ ހޯދުމަށް ފަސޭހަ މަސައްކަތްތަކާއި އުނދަގޫ މަސައްކަތެއް ހަވާލުކޮށްފަ އެވެ. މި މީހުންގެ ތެރެއިން ފަސޭހައިން ކުރެވޭ މަސައްކަތް ގިނައިން އިހްތިޔާރުކޮށްފައި ވަނީ ކެނަބިސް ބޭނުންކޮށްގެން ތިބި މީހުންނެވެ.
އަނެއް ދިރާސާގައި، ދިގު މުއްދަތަކަށް ކެނަބިސް ބޭނުންކުރާ 20 މީހެއްގެ މޯޓިވޭޝަން ލެވަލް ހުރި ވަރު ބެލި އެވެ. ނަމަވެސް ހޯދުންތަކުން އެނގުނީ ގިނަ ދުވަސް ވަންދެން ކެނަބިސް ބޭނުންކޮށްފައި ވިޔަސް އޭގެ އަސަރު ހަށިގަނޑުގައި ނެތް ނަމަ މޯޓިވޭޝަން އަށް އަސަރު ނުކުރާ ކަމަށެވެ. އެކަމަކު ކެނަބިސް ބޭނުންކޮށްގެން ހުންނައިރު މަސައްކަތާ މެދު ފަރުވާ ކުޑަކުރުމަށް އޮންނަ ފުރުސަތު ވަރަށް މަތި ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
މި ދިރާސާ މިހާރު ވަނީ ސައިކޮފާމަކޮލޮޖީގެ މި މަހުގެ 1 ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފަ އެވެ.
މަސްތުވާތަކެތި ހިމެނޭ ވޭޕް ވިއްކާ މައްސަލަތައް ބަލަނީ
މެރުއާނާ ހައްދައި ޑްރަގް ވިޔަފާރިކުރި މީހަކު ހައްޔަރު
މަދުން ކެނަބިސް ބޭނުންކުރިޔަސް ނަފްސާނީ ބަލި ބޮޑުވޭ
އެމެޒޯންގައި މެރުއާނާ ވިއްކުމުން ދައުވާކޮށްފި
ފިޔަވަޅުތަކާ އެކު ކޮވިޑްގައި ސްކޫލްތައް މާ ރައްކާތެރި
ކޮވިޑް ޖެހުމުން ދިގު މުއްދަތަކަށް ހިމާޔަތް ލިބިދާނެ
ލޮނުފެނަކީ ކޮވިޑް-19 އަށް ފަރުވާއެއްތޯ ދިރާސާކުރަނީ
"ކޮވިޑް19 ފެތުރެނީ ބަލިޖެހޭތާ 11 ދުވަސް ވަންދެން"
ވެންޓިލޭޓަރުގެ ނަތީޖާ ފެނުނީ ހީކުރި ގޮތަކަށް ނޫން
"އަމާޒު" ބޯޓު 13 ރަށަކަށް ދިޔަ