މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ނަގަން ފުލުހުން މިރޭ އަންގައިފި އެވެ.
14 ޖޫން 2020
މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ނަގަން ފުލުހުން މިރޭ އަންގައިފި އެވެ.
ކޮވިޑް-19 ފެތުރޭތީ އިއުލާނުކުރި ލޮކްޑައުން މާދަމާ އިން ފެށިގެން ލުއިކުރަން ސަރުކާރުން ނިންމާފައިވާ ފުލުހުން ވަނީ ގަވައިދާ ހިލާފަށް ވެހިކަލް ޕާކްކޮށްފައި ހުންނަ ބައެއް ސަރަހައްދުތައް ފާހަގަކޮށް އެ ވެހިކަލްތައް ނުނަގައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
ޓްރެފިކް ފުލުހުން ބުނީ މިސްކިތްތައް ކައިރީގަ އާއި ކަފިހި ހުރަސްތަކުގެ މަތީގަ އާއި ޕާކް ކުރުން މަނާ ޑަބަލް ލައިންގަ އާއި ގޯޅިތަކުގެ ކަންމަތީގަ އާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ބޭންކުތައް ކައިރީގައި އަދި - ބޮޑުތަކުރުފާނުމަގުގައި ތާރު އަޅާފައިވާ ސަރަހައްދުގެ އިތުރުން ފުލުހުންގެ ކޯން/ ބެރިކޭޑް ބަހައްޓާފައިވާ ތަންތަނާއި ހާއްސަ ޒޯންތަކުގައި ވެސް ގަވައިދާ ހިލާފަށް ޕާކްކޮށްފައި އެބަހުރި ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކުރީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ. ލޮކްޑައުން އަށް ލުއި ދީ މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ފަތިހު 5:00 އިން ރޭގަނޑު 10:00 އާ ހަމައަށް ހުއްދައަކާ ނުލައި އެންމެންނަށް ވެސް ބޭރުގައި އުޅެން މިހާރު ވަނީ ހުއްދަ ދީފަ އެވެ.
މިހާތަނަށް ރާއްޖޭން 2،035 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، 1،311 މީހުން ވަނީ ރަނގަޅުވެފަ އެވެ. 8 މީހަކު މަރުވެފައިވާ އިރު 714 މީހުން އަދިވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި
މަނާ ވަގުތު ދުއްވުމުން 97 މީހަކަށް ފިޔަވަޅު އެޅި
ބްރިޖުގައި ފޯނު ބޭނުން ކުރުން އާންމު ވެފައި!
ދެ ހަފްތާގައި 6000 ވެހިކަލް ޗެކްކޮށް،ފިޔަވަޅުތަކެއް
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
ރަޖިސްޓްރީނުކޮށް މަގުމަތީގައި ހުންނަ ވެހިކަލްތައް ނަގަނީ
ނުގަވައިދުން ޕާކްކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
ވެހިކަލް މަނާކުރީ އެއްވުންތައް ހުއްޓުވަން: އެޗްޕީއޭ