Roadha Mihaaru
ސަރުކާރެއް ނުހިންގޭ، ދަރަނި ދަނީ ބޮޑުވަމުން: ޖާބިރު

ސަރުކާރެއް ނުހިންގޭ، ދަރަނި ދަނީ ބޮޑުވަމުން: ޖާބިރު

11 ޖޫން 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފައިސާ ހޯދާނެ ގޮތެއް ނޭނގޭ ކަމަށާއި ދައުލަތުގެ ދަރަނި ބޮޑުވަމުން ދާ ކަމަށް އެމަނިކުފާނުގެ ކުރީގެ ސްޕެޝަލް އެންވޯއީ އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފައިސާ ހޯދާނެ ގޮތެއް ނޭނގޭ ކަމަށާއި ދައުލަތުގެ ދަރަނި ބޮޑުވަމުން ދާ ކަމަށް އެމަނިކުފާނުގެ ކުރީގެ ސްޕެޝަލް އެންވޯއީ އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ޝަރަފުވެރިކަމާ އެކު މަގާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުން އިނާޔަތް ދޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ކުރީގެ މަޖިލިހުން ގެނައި އިސްލާހު، ރައީސް ތަސްދީގު ނުކުރައްވައި މަޖިލިހަށް ފޮނުއްވުމާ ގުޅިގެން އެ މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ސަރުކާރު ހިނގަމުން ނުދާ ކަމަށެވެ.

"އެއްވެސް ފަރާތަކަށް އެއްޗެއް ދޭކަށް އެއްބަހެއް ނުވޭ. ފަނޑިޔާރަކަށް ވިޔަސް، މަޖިލިހަކަށް ވިޔަސް، ނައިބު ރައީސްކަން ކުރި ފަރާތަކަށް ވިޔަސް. ދެތިން މީހެއްގެ ތެރޭގައި މުދާ ބަހާލައި ސިސްޓަމަށް ރާއްޖެ އޮޕަރޭޓްވާ ނިޒާމެއް އޮންނަނީ. [ސަރުކާރުން] ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރަންވީ،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ފައިސާ ހޯއްދެވުމުގެ ތަޖުރިބާ ނެތި، ވަޒީރުންނަކީ ގައުމުތަކަށް ވަޑައިގެން ބޮޑެތި މަޝްރޫއުތަކަށް ފައިސާ ނުހޯއްދެވޭ ވަރުގެ ގާބިލް ބަޔަކަށް ނުވާ ނަމަ، ދައުލަތް ދެކޮޅެއްނުޖެހޭނެ އެވެ. އަދި ދައުލަތުގެ ބަޖެޓު 10 ބިލިއަން ޑޮލަރުން އޮޕަރޭޓް ކުރެވޭނެ ވަސީލަތްތައް ރާއްޖޭގައި ގާއިމުވެފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތްޕުޅު ކުރައްވަންވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށެވެ. އަދި އަވައްޓެރި ގައުމުތަކަށް ރާއްޖެ ދަރަމުން އަންނަ ކަމަށް ވިދާޅުވެ، ޖާބިރު މިސާލު ނެންގެވީ ރާއްޖެ އާއި އިންޑިއާ އިން ދާދި ފަހުން ގާއިމްކުރި އެމްއޯޔޫތަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ މެމްބަރުންނަށް އެމްއޯޔޫތަކުގައި ހުރި އެކައްޗެއް ވެސް ނޭނގެ އެވެ. އަދި ސަރުކާރުން ވެސް އޭގެ ތަފްސީލް ނުދޭ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީން ހިންގި 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި ރާއްޖޭގެ ގިނަ ރަށްތައް ވިއްކާލި ނަމަވެސް މިއަދާ ހަމައަށް އައިއިރު، އެންމެ ރަށެއް ވެސް އާ ސަރުކާރުން އަތުލާފައި ނުވާތީ އެކަމަށް ވެސް ޖާބިރު ވަނީ ފާޑު ވިދާޅުވެފަ އެވެ.