Roadha Mihaaru
ފަގީރުންގެ ގޮތުގައި އައްޑޫން ރަޖިސްޓްރީވީ 893 މީހުން

އައްޑޫގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރީ 893 މީހުން

11 ޖޫން 2019

އައްޑޫގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ 893 މީހުން ކަމަށާއި ފިތުރު ޒަކާތުގެ ގޮތުގައި އައްޑޫން މި އަހަރު 47،7731ރ. ލިބިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ 893 މީހުން ކަމަށާއި ފިތުރު ޒަކާތުގެ ގޮތުގައި އައްޑޫން މި އަހަރު 47،7731ރ. ލިބިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިއަދު އާންމުކުރި ފިތުރު ޒަކާތުގެ ތަފުސީލުގައި ބުނީ މި އަހަރު 17،355 މީހަކު ފިތުރު ޒަކާތް ދައްކާފައިވާ ކަމަށެވެ.

ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އަދަދުތަކަށް ބަލާއިރު އައްޑޫގެ އެންމެ އާބާދީ ބޮޑު ހިތަދޫން ފަގީރުންގެ ގޮތުގައި 490 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު، ދެން އެންމެ ގިނަ ފަގީރުން ތިބީ ހުޅުދޫގަ އެވެ. އެ ރަށުން ރަޖިސްޓްރީކޮށްފައި ވަނީ 102 މީހުންނެވެ.

ތިރީސް ހާހަށް ވުރެ ބޮޑު އާބާދީއެއް އޮތް އައްޑޫގެ އެހެން އަވަށްތަކަށް ބަލާ އިރު ފޭދޫން 98 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު، މީދޫން 91 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި މަރަދޫން 57 އަދި މަރަދޫފޭދޫން 55 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.