Roadha Mihaaru
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް

ހަތަރު މަހެއްހާ ދުވަސް ފަހުން އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް

15 ޑިސެމްބަރ 2021

އައްޑޫގައި ކޮވިޑްގެ ހާލަތު މި ފަހުން ގޯސްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 300 އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވާން ފަށައި، އެކްޓިވް ކޭސްތަކުގެ އަދަދު 100 އިން ދަށަށް އިއްޔެ ތިރިވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކޮވިޑްގެ ހާލަތު މި ފަހުން ގޯސްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 300 އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވާން ފަށައި، އެކްޓިވް ކޭސްތަކުގެ އަދަދު 100 އިން ދަށަށް އިއްޔެ ތިރިވެއްޖެ އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން އެންމެ ފަހުން އާންމުކުރި ކޮވިޑާ ގުޅޭ ތަފާސްހިސާބުތަކަށް ބަލާ އިރު، މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 96 އެވެ. އެއީ އިއްޔެ ހަވީރާ ހަމައަށް ޕޮޒިޓިވް ކޭހަކާ އެކު އެވެ. އީއޯސީން ބުނި ގޮތުގައި އައްޑޫގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އެންމެ ފަހުން 100 އިން ދަށަށް ދިޔައީ މީގެ ހަތަރު މަސް ކުރިންނެވެ.

އައްޑޫގައި ބަލި ޖެހޭ މީހުންގެ އަދަދު ވެސް މިހާރު ދުވަހުން ދުވަހަށް ވަރަށް ބޮޑުތަން ދަށްވާން ފަށާފައިވާ އިރު، މިހާރު އެއް އަވަށުއި އެކްޓިވް ކޭހެއް ވެސް ނެތެވެ. އެއީ މަރަދޫފޭދު އެވެ. ކޭސްތައް މިހާރު ބެހިފައިވާ ގޮތަށް ބަލާ އިރު އެންމެ ގިނައިން ބަލި ޖެހިފައި ތިބި މީހުން ތިބީ ހިތަދޫގަ އެވެ. އެއީ 75 ކޭހެވެ. ދެން ހުޅުދު އާއި މަރަދޫން ކޮންމެ އަވަށެއްގައި 8 އަދި ފޭދު އާއި މީދޫން ކޮންމެ އަވަށެއްގައި އެކްޓިވް ދެ ކޭހެވެ.

މީގެ އިތުރުން މީހުން ނޫޅޭ އަވަށްތަކުގެ ބޭރުން އެއް ކޭސް ހިމެނެ އެވެ.

އައްޑޫން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ޖުމްލަ އަދަދަކީ 2،917 އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2،809 އެވެ. މި ވަގުތު އެކަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، ބަލީގައި އައްޑޫން 13 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރެއިން އެކަކީ ފުވައްމުލަކުން އައްޑު އަށް ގެންގޮސް ފަރުވާ ދެމުން އައި މީހެކެވެ.

ކޮވިޑް ހާލަތު ގޯސްވެގެން އައްޑޫ މިނިޓަރިންގެ ހާލަތުގައި އޮންނަތާ ވެސް މިހާރު ހަތަރު މަހެއްހާ ދުވަސްވެފައިވާ އިރު، ރޭގަނޑު 9:00 އިން ފަތިހު 4:00 އަންނަނީ ކާފިއު ހިންގަމުންނެވެ.