07 ސެޕްޓެމްބަރ 2016
އުފަން ދުވަހެއްގައި، ގައުމީ ޓީމަށް މުހިއްމު ގޯލްތަކެއް ޖަހައި، ދެ އުފާ ހާސިލްކުރުމުގެ ނަސީބު ލިބޭނީ މަދު ކުޅުންތެރިޔަކަށެވެ. ރޭ ލާއޮސް ކޮޅަށް ދެ ލަނޑު ޖަހައި، ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ރާއްޖެ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖާ ގާތަށް ގެންގޮސްދީ އޭނާގެ އުފަން ދުވަހުގެ އުފާ ދެގުނަކޮށްފަ އެވެ.
އުފަން ދުވަހެއްގައި، ގައުމީ ޓީމަށް މުހިއްމު ގޯލްތަކެއް ޖަހައި، ދެ އުފާ ހާސިލްކުރުމުގެ ނަސީބު ލިބޭނީ މަދު ކުޅުންތެރިޔަކަށެވެ. ރޭ ލާއޮސް ކޮޅަށް ދެ ލަނޑު ޖަހައި، ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ރާއްޖެ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖާ ގާތަށް ގެންގޮސްދީ އޭނާގެ އުފަން ދުވަހުގެ އުފާ ދެގުނަކޮށްފަ އެވެ.
"އަބަދުވެސް އެންމެ އުފާވަނީ ގައުމީ ޓީމު މޮޅުކޮށްދެވޭތީ. ރޭ ވަރަށް އުފާވި ދެ ލަނޑު ޖެހުމުން. އުފަން ދުވަސް ނޫން ވިޔަސް ގައުމީ ޓީމަށް ލަނޑު ޖެހުމުން އެ އުފާވެރިކަން ލިބޭ. އެކަމަކު އުފަން ދުވަސް ވުމުން ހާއްސަވޭ،" އިއްޔެ 31 ވަނަ އަހަރު ފުރުނު ދަގަނޑޭ "މިހާރަ"ށް ބުންޏެވެ.
ގައުމީ ޓީމަށް 2004 އިން ފެށިގެން 50 އަށް ވުރެ ގިނަ ލަނޑު ޖަހައިދީފައިވާ ދަގަނޑޭ އަތުން ރޭ 4-0 އިން މޮޅުވި މެޗުގައި ރަނުގެ ދެ ފުރުސަތެއް ވަނީ ގެއްލިފަ އެވެ. އޭނާ ބުނީ، ދެ ގޯލް ޖެހުނަސް، ބޭކާރުވި ފުރުސަތުތަކާ މެދު ހިތާމަކުރާ ކަމަށެވެ. ދަގަނޑޭ ބުނީ ރޭ އޭނާ އަތުން ގެއްލުނީ ގެއްލެން ނުވާވަރުގެ ފުރުސަތުތަކެއް ކަމަށެވެ.
"ހަތަރު ވަރަކަށް ފުރުސަތު ގެއްލުނު. އަސްލު އެއީ ގެއްލިގެން ވާނެ ވަރުގެ ފުރުސަތުތަކެއް ނޫން. އެކަމާ ދެރަވޭ. އެކަމަކު ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތްކުރާނަން،" ދަގަނޑޭ ބުންޏެވެ.
މެލޭޝިއާގެ ޕީޑީއާރްއެމް ދޫކޮށް މިހާރު ރާއްޖޭގެ މާޒިޔާ އަށް ކުޅެމުން އަންނަ ދަގަނޑޭ ވަނީ، ބަންގްލަދޭޝް އަތުން މިދިޔަ ހަފުތާގައި 5-0 އިން ރާއްޖެ މޮޅުވި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ލަނޑެއް ނުޖެހުނު ނަމަވެސް ދެ ގޯލް ޖަހަން މަގުފަހިކޮށްދިނެވެ. އަދި މުޅިން ތިން ހުސް ފުރުސަތެއް ފޯވާޑުންނަށް ފޯރުކޮށްދިނެވެ.
ލާއޮސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ދަގަނޑޭ ބުނީ ގައުމީ ޓީމު މިހާރު އޮތީ ރަނގަޅު ޓްރެކެއްގައި ކަމަށާއި އާ ކޯޗު ޑަރެން ސްޓެވާޓާ އެކު ހުރިހާ ކަމެއް ވެސް ފުރިހަމަ ކަމަށެވެ.
"ވަރަށް ރަނގަޅު ރޫހެއްގައި ޓީމު އޮތީ. އެންމެން ގުޅިގެން މަސައްކަތްކުރަމުން މި އަންނަނީ. މި ކޯޗާ މެދު ކުޅުންތެރިން ވަރަށް ހިތްހަމަޖެހޭ،" ދަގަނޑޭ ބުންޏެވެ.
ކޯޗު ވެސް ވަނީ ރޭގެ މެޗަށް ފަހު ދަގަނޑޭ އަށް ތައުރީފުކޮށްފަ އެވެ. ކޯޗު ބުނީ ދަގަނޑޭ އަކީ، ޓީމަށްޓަކައި ކުޅޭ ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ ފުރިހަމަ ކެޕްޓަނެއް ކަމަށެވެ.
"އަހަރެން މިތަނުގައި މާގިނަ ދުވަހެއް ނުވޭ. އެކަމަކު އިހުސާސްކުރެވެނީ މި ކުޅުންތެރިންނާ އެކު ދެ ތިން އަހަރު ހޭދަކުރެވިއްޖެހެން،" ކޯޗު ބުންޏެވެ. "ޓީމުގެ އެއްވެސް ކުޅުންތެރިޔަކު އަހަރެން މާޔޫސްވިޔަކަ ނުދޭ. ކެޕްޓަނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އޭނާ އަކީ މުޅި ޓީމު ގޮވައިގެން މަސައްކަތްކުރާ ފުރިހަމަ ކެޕްޓަނެއް."
ދުނިޔޭގެ ހެޓްރިކް ލިސްޓުގެ ތިން ވަނައިގައި ދަގަނޑޭ
ދަގަނޑޭ ހިމަނައިގެން ޕާކިސްތާން މެޗަށް ސްކޮޑް ނަގައިފި
ދަގަނޑޭ އަލުން ޓީމާ ގުޅި، އެކުވެރިކަމުގެ މެޗަށް
ދަގަނޑޭ ކޮވިޑަށް ނެގަޓިވް، އަލުން ޓީމާ ގުޅެނީ
ދަގަނޑޭ ކެރިއަރުގައި 400 ލަނޑު ހަމަކޮށްފި!
"ދަގަނޑޭއާ އެއް ޓީމަކަށް ކުޅޭތީ ތަފާތު ފެންނާނެ"
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ދަގަނޑޭގެ ކަކޫ އޮޕަރޭޝަން ކޮށްފި
ދަގަނޑޭ އޮޕަރޭޝަންކުރަނީ، ދެން ދަނޑުން ނުފެނިދާނެ؟