Roadha Mihaaru
އެތެރެވެފައި ތިބީ އެންމެ ރަނގަޅު ޑޮކްޓަރުންނެއް ނޫން!

ރާއްޖެ އަށް އެތެރެވެފައި ތިބީ އެންމެ ރަނގަޅު ޑޮކްޓަރުންނެއް ނޫން: އަމީން

16 ޖޫން 2019

ރާއްޖެ އިން ބޭރުން ޑޮކްޓަރުން ގެނައުމުގައި ކުރިން އަމަލު ކުރަމުން އަންނަ އުސޫލުގެ ސަބަބުން މިހާތަނަށް އެތެރެވެފައި ތިބީ އެންމެ ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ނޫން ކަމަށާއި އެ އަށް ވުރެ ރަނގަޅު ޑޮކްޓަރުން ހޯދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އިން ބޭރުން ޑޮކްޓަރުން ގެނައުމުގައި ކުރިން އަމަލު ކުރަމުން އަންނަ އުސޫލުގެ ސަބަބުން މިހާތަނަށް އެތެރެވެފައި ތިބީ އެންމެ ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ނޫން ކަމަށާއި އެ އަށް ވުރެ ރަނގަޅު ޑޮކްޓަރުން ހޯދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީތަކުން މީޑިއާއަށް މައުލޫމާތު ދިނުމަށް، މި ސަރުކާރުން ރައީސް އޮފީހުގައި ބާއްވަން ފެށި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ފުރަތަމަ ސެޝަން ގައި އަމީން ވިދާޅުވީ، ޑޮކްޓަރުން ގެނައުމުގެ އުސޫލު ހަރުދަނާ ނުވެ އޮތުމުން ރާއްޖެ އަށް އެންމެ ރަނގަޅު ޑޮކްޓަރުން ގެނައުމަށް ހުރަސްތަކެއް ދިމާވާ ކަމަށެވެ.

އެހެންވެ، ކުރިމަގުގައި ނަރުހުންނާއި ޑޮކްޓަރުން ހޯދުމުގެ އިންތިޒާމުތަކަށް ބަދަލު ގެންނަވަން ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވަނީ އިއުލާން ކުރައްވައިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ގޮސް ތިބި ބައެއް މީހުން މަޑުކޮށްލައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ގޮސް ތިބި ބައެއް މީހުން މަޑުކޮށްލައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މަސައްކަތް ކުރައްވާނީ ދެފުށް ފެންނަ ގޮތެއްގައި، ނުރަގަނޅު ނުފޫޒު ނުފޯރުވޭ ގޮތަށް ކަމަށް އަމީން ވިދާޅުވި އެވެ. އަދި ޑޮކްޓަރުންނަކީ ރަނގަޅު ފެންވަރެއްގެ ބައެއް ކަން ކަށަވަރު ކުރަން އެ ސިޔާސަތުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވި ގޮތުގައި މިހާރު އެ މަސައްކަތް އޮތީ ތަންފީޒު ކުރުމުގެ މަރުހަލާގަ އެވެ.

"އުސޫލުތައް ހުރި ގޮތުން އެއީ ހެލްތުގެ މައްސަލައަކަށް ވިޔަސް، ރެކްރޫޓްމަންޓް އެޖެންސީގެ މައްސަލައަކަސް، ރެކްރޫޓްމަންޓު އުސޫލުގެ އިންޓަވިއު ކުރުމުގެ މައްސަލައަކަށް ވިޔަސް، ރާއްޖެ އަށް އެތެރެވެފައި މިހާތަނަށް ހުރީކީ ރާއްޖެ އަށް އެތެރެވާން ޖެހޭ އެންމެ ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ކަމަށް ގަބޫލެއް ނުކުރަން،" ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި އަމީން ވިދާޅުވި އެވެ.

"ޑޮކްޓަރުންނަކީ ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ކަން ކަށަވަރު ނުކުރެވޭ ކަމަށްވާ ނަމަ، ޑޮކްޓަރަކު ރަށަކަށް ދިއުމަށް ފަހު، ޑޮކްޓަރުގެ އެންމެ ރަނގަޅު ހިދުމަތް ރައްޔިތުންނަށް ލިބިގެން ނުދާނެ. ހަމަ އެގޮތަށް ނަރުހުންނާއި އެހެން ހިދުމަތްތެރިން ވެސް (ހިމެނޭ)."

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ރަނގަޅު ފެންވަރުގެ ޑޮކްޓަރުން މިހާރުގެ މުސާރައިގައި ލިބޭނެ އެވެ. އަދި އެކަން ކުރެވޭނީ އުސޫލުތައް ހަރުދަނާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ދާއިމީ ގޮތެއްގައި ޑޮކްޓަރުން ރަށްރަށުގައި ތިބެ ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ކަންކަން ހަމަޖެއްސުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. މީގެ ކުރިން، ޑޮކްޓަރަކު ޗުއްޓީ އަށް ދިއުމުން، ދެން އެ ރަށެއް ގައި މީހުން ބަލާނެ ޑޮކްޓަރެއް ނުހުންނަ ކަމަށް އަމީން ވިދާޅުވި އެވެ.

"ނަރުހުންނާއި ޓެކްނީޝަނުންނާއި މި ނޫން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޗުއްޓީ އަށް ފުރައިގެން ދިޔައީމަ އެ ރަށުގައި އެ ހިދުމަތް ފޯރުކޮށްދޭނެ އިންތިޒާމެއް ނެތް. އެހެންވީމާ އަޅުގަނޑު ކަށަވަރު މި ކުރަނީ ޗުއްޓީ އަށް ދިޔަ ކަމުގައި ވިޔަސް، މެދުނުކެނޑި ހިދުމަތް ދެވޭނެ އިންތިޒާމަކަށް،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ތެރެއިން ސިޔާސަތަށް ގެނެވޭ ބަދަލުގެ ތެރެއިން ސިއްހީ ހިދުމަތްތެރިއަކު ފުރައިގެން ދިއުމުން، މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށް އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށާއި އޭރުން ސިއްހީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.