Roadha Mihaaru
ސިއްހީ ދާއިރާގެ މުސާރައަށް އިތުރު ބަދަލުތަކެއް ގެންނަނީ

ސިއްހީ ދާއިރާގެ އެންމެންނަށް މަންފާވާ ގޮތަށް މުސާރައިގެ އޮނިގަނޑަށް އިތުރު ބަދަލުތައް ގެންނާނަން: ރައީސް

11 މެއި 2023

މި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ވިޔަސް އެ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް އިތުރު ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ވިޔަސް އެ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް އިތުރު ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ މަންފާ އެ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ދާދިފަހުން ސިއްހީ ދާއިރާގެ މުސާރައަށް ބަދަލު ގެނެސްފައި ވިޔަސް، އިތުރު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އެކަމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަދިވެސް ފުރިހަމަ ކުރަންޖެހޭ ބައެއް ކަންތައްތައް ހުރިކަން އަޅުގަނޑަށް ފާހަގަ ކުރެވޭ. އެހެންކަމުން އަޅުގަނޑުމެން މިދަނީ އެކަންކަމާ މަޝްވަރާކޮށް، އެއަށް ރަނގަޅު ހައްލެއް ހޯދަން މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެކަން ވެސް ތި ބޭފުޅުންނަށް ފެނިގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން އުފައްދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އަދި އަލަށް ގެނައި މުސާރައިގެ ބަދަލާ އެކު ސިއްހީ ދާއިރާއަށް ޝައުގުވެރިވެ އަދި ހިދުމަަތަށް ނުކުންނަ ޒުވާނުންގެ އަދަދު އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ސިއްހީ ހިދުމަތް ރަނގަޅުކުރަން ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އިތުރު މަޝްރޫއުތައް ހިންގާނެ ކަމަށެވެ. އަދި އެ ދާއިރާއަށް ޝައުގުވެރިވާ ދިވެހިންނަށް އެކަމުގެ ސަބަބުން އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މަޝްރޫއުތަކަކީ ދިވެހި ޒުވާނުންގެ ކުރިމަތީގައި ހުޅުވިގެންދާ ވަރަށް ތަނަވަސް ދޮރެއް. ރަށުގައި އާއިލާ ކައިރީގައި ހުރެގެން ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް ބަލަބަލާ ތިބި ޒުވާނުންނަށް އަޅުގަނޑުމެން މި ފަހިކޮށްދެނީ ރަނގަޅު ފުރުސަތުތަކެއް." ރައީސް ވިދާޅުވި އެވެ.

ކުރިން އިހުމާލު ކޮށްލެވިފައިވާ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ސަރުކާރުން އިސްކަން ދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ނަފްސާނީ ފަރުވާ ދޭ ހާއްސަ މަރުކަޒެއް އައިޖީއެމްއެޗާއި ރާއްޖޭގެ ފަސް ސަރަހަދެއްގައި ދެމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރި އިރު ބައެއް މުވައްޒަފުން އޭގެ ތެރޭގައި ނުހިމެނުމާއި މުސާރައިން ބައެއް މީހުންނަށް މާބޮޑު ބަދަލެއް ނުފެންނާނެ ކަމުގެ ޝަކުވާ ވަނީ ކުރިމަތިވެފަ އެވެ.