Roadha Mihaaru
ރީކޯ މޫސަގެ ހޮޓަލުގެ ވޭން ގައި ރޯކޮށްލައިފި

ރީކޯ މޫސަގެ ހޮޓަލުގެ ވޭން ގައި ރޯކޮށްލައިފި

18 ޖޫން 2019

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ލ. ގަމުގައި ހިންގާ ހޮޓަލުގެ ވޭން ވަގަށް ނަގައިގެން ގެންގޮސް އޭގައި ބަޔަކު ރޯކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ލ. ގަމުގައި ހިންގާ ހޮޓަލުގެ ވޭން ވަގަށް ނަގައިގެން ގެންގޮސް އޭގައި ބަޔަކު ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ މޯ ހޮޓަލުގެ ވޭން ގައި ރޯކޮށްލާފައި ވަނީ ގަމު މުކުރިމަގު އަވަށުގެ ހަވިއްތައާ ދިމާލުން އިރުމަތީ ފަރާތު އަތިރިމައްޗަށް ގެންގޮސްގެން ކަމަށެވެ. މުކުރިމަގު ފުޓުބޯޅަ ދަނޑު ކައިރީގައި ހުންނަ ހޮޓަލުން އެ ވެހިކަލް ނަގައިގެން ގެންދިޔައީ ފުލުހުން ބުނިގޮތުގައި، ހޮޓަލުގެ ބޭރުގައި ޕާކް ކޮށްފައި އޮއްވަ އެވެ.

ފުލުހުން ބުނީ ވޭނުގައި ރޯކުރި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 9:15 ހާއިރު ކަމަށެވެ. އަދި ބުނީ ބޭނުން ނުކުރެވޭ ވަރަށް ވޭން ރޯކޮށްލާފައި ކަމަށާއި ބަޔަކަށް އަނިޔާ ނުވާ ކަމަށެވެ.

އެމްއެންޑީއެފް ފަޔާ ސާވިސަސް އިން ބުނީ ވޭނުގައި ރޯވި އަލިފާންގަނޑު މިރޭ 9:45 ހާއިރު ނިއްވާލާފައިވާ ކަމަށެވެ.

ގަމުން ވާހަކަ ދެއްކި މީހަކު ބުނީ، ވޭން ގައި ރޯކޮށްލާފައި ވަނީ ހަވިއްތައާ ދިމާލުން 500 އެއްހާ ފޫޓު ދުރަށް ގެންގޮސްގެން ކަމަށެވެ.

"އެ ދިމާލު ބީޗު ސަރަހައްދުން ދުއްވާފައިވާ ކަން ވެސް އެނގެން ހުރި. ބޮޑަށް ބެލެވޭ ގޮތުގައި ވޭން ތެރެއަށް ފަން އަޅައިގެން ރޯކޮށްލާފައި ވަނީ،" އޭނާ ބުންޏެވެ.

ގަމުގެ އެމްއޯ ހޮޓަލުގެ ވޭނުގައި މިރޭ ރޯކޮށްލާފައި.---ފޮޓޯ: ޕޮލިސް

ގަމުގެ އެމްއޯ ހޮޓަލުގެ ވޭނުގައި މިރޭ ރޯކޮށްލާފައި.---ފޮޓޯ: ޕޮލިސް

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އަދި އިތުރު ތަފުސީލެއް ނުލިބެ އެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރު މިދިޔަ މަހު ހަމަވުމާ އެކު، ހުޅުމާލެ ދާއިރާގެ އޭރުގެ މެމްބަރު ރީކޯ މޫސަ އުޅުއްވަނީ ސިޔާސީ ދާއިރާއާ ދުރުގަ އެވެ. މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް މޫސަ ވާދައެއް ނުކުރައްވަ އެވެ. އޭނާ މިވަގުތު ރާއްޖޭގައި ވެސް ނޫޅުއްވާ ކަމަށް ވެ އެވެ.