Roadha Mihaaru
ނުގަވާއިދުން ނެގި ގަސްތަކެއް ފުލުހުން ހޯދައި އިންދައިފި

އީޕީއޭގެ ހުއްދަ ނެތި ނެގި ގަސްތަކެއް ފުލުހުން ހޯދައި އެ އިންދައިފި

20 ޖޫން 2019

ލ. ކަލައިދޫން ގަވައިދާ ޚިލާފަށް އުފުރައި އެ ރަށުން ބޭރު ކުރަން އުޅުނު ގަސްތަކެއް ހޯދައި އެ ގަސްތައް އުފުރި ތަނުގައި ފުލުހުން އިއްޔެ އިންދައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ލ. ކަލައިދޫން ގަވައިދާ ޚިލާފަށް އުފުރައި އެ ރަށުން ބޭރު ކުރަން އުޅުނު ގަސްތަކެއް ހޯދައި އެ ގަސްތައް އުފުރި ތަނުގައި ފުލުހުން އިއްޔެ އިންދައިފި އެވެ.

ފުލުހުން ބުނީ ކަލައިދޫ ބަނދަރުގައި އޮތް ބޯޓަކަށް ގަވައިދާ ޚިލާފަށް އަރުވާފައިވާ ކިނބި ގަސްތަކެއް އިއްޔެ ހޯދާފައިވާ ކަމަށެވެ. އެއީ 20 ފޫޓް ހުންނަ ވަރުގެ ގަސްތަކެއް ކަމަށް ފުލުހުން ބުނެ އެވެ.

އެ ގަސްތައް އިއްޔެ އެ ބޯޓުން ބާލައި އެ ގަސްތައް ނަގާފައިވާ ތަނުގައި އަލުން އިންދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނުގަވައިދުން އުފުރި ކިނބި ގަސްތައް ފުލުހުން ގެންދަނީ: ފުލުހުން ވަނީ އެގަސްތައް އަލުން އިންދާފައި-- ފޮޓޯ: ޕޮލިސް

ނުގަވައިދުން އުފުރި ކިނބި ގަސްތައް ފުލުހުން ގެންދަނީ: ފުލުހުން ވަނީ އެގަސްތައް އަލުން އިންދާފައި-- ފޮޓޯ: ޕޮލިސް

ފުލުހުން ބުނިގޮތުގައި، އެ ގަސްތަކަކީ އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދަ ނެތި ކަލައިދޫ ކައުންސިލުން 10ރ. ގެ މަގުން ވިއްކާފައިވާ ގަސްތަކެކެވެ. އެކަމާ ގުޅޭގޮތުން އެ ރަށު ކައުންސިލާ ސުވާލު ކުރުމުން އެކަން އީޕީއޭ އަށް ނޭނގޭނެ ކަމަށާއި އެއީ މަގެއް ހެދުމަށް ނެގި ގަސްތަކެއް ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ސަރަހައްދުން 40 އަކަށް ގަސް ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެކި ބޭނުންތަކަށް ކަމަށް ބުނެ ރާއްޖޭގެ ބައެއް ރަށްތަކުން ރުއްގަސް ނަގާ މައްސަލަ އޮތީ ފެންމަތިވެފަ އެވެ. އެކަން ކުރުމަށް ހާއްސަ ގަވައިދެއް ހަދާފައިވާއިރު އެއަށް އަމަލު ނުކުރާތީ ގަވައިދު ހަރުކަށި ކުރުމަށް މިސަރުކާރުން ވަނީ ނިންމާފަ އެވެ.