21 ޖޫން 2019
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކުރިން ނުބައްދަލު ހަރަދުތަކެއް ހިނގާފައިވާ ކަމަށާއި މި ސަރުކާރުން މަޝްރޫއުތައް ހިންގާ އިރު ފައިސާ އިސްރާފު ނުކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކުރިން ނުބައްދަލު ހަރަދުތަކެއް ހިނގާފައިވާ ކަމަށާއި މި ސަރުކާރުން މަޝްރޫއުތައް ހިންގާ އިރު ފައިސާ އިސްރާފު ނުކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅުގެ ބައެއް ރަށަށް ނައިބު ރައީސް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މާރަންދު އަށް ވަޑައިގެން ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ރައްޔިތުންގެ އަޑުއަހައި އެ މީހުންގެ އިހްސާސްތައް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރަށްރަށަށް ވަޑައިގެން ދަތިވާ ކަންކަމުގެ މައުލޫމާތު ހޯއްދަވަނީ އެ ސަބަބާ ހުރެ ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލް މިއަދު މާރަންދޫގެ އިންޖީނުގެ ބައްލަވާލައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގަން ބޭނުން ކުރަނީ ރައްޔިތުންގެ ފައިސާ އެވެ. އެހެންވެ، އެ ފައިސާ ބޭނުން ކުރައްވާނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ހަރަދު ކުރަން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
މާރަންދު އަށް ފެނާއި ނަރުދަމާގެ ނިޒާމު ބޭނުންވާ ކަމާއި ސްކޫލާއި ސިއްހީ ނިޒާމު ތަރައްގީ ކުރަން ޖެހިފައިވާ ކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ގައުމުގެ ކުރިއެރުމަށް ރައްޔިތުން ވެސް މަސައްކަތް ކުރުމުގެ މުހިންމު ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ނުބައްދަލު ހަރަދުތަކެއް ހިނގާފައި ހުރީމަ، އެހާ ދަށް ލެވަލެއްގައި ހުރީ (ރަށްރަށުގެ ކަންކަން) މިއީ ރައްޔިތުންނަށް ވެވުނު ވަރަށް ބޮޑު ބޭއިންސާފެއް،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް މިއަދު ހއ. މާރަންދޫގައި. --- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑުމެންގެ ސަރުކާރުގައި ކުޑަ މީހެއް ނުވަތަ ބޮޑު މީހުން ތިބޭ ޒަމާނެއް ނޫން. އެއްވެސް ކަމަކާ ހިތްހަމަނުޖޭ ނަމަ، ފޭސްބުކް ނުވަތަ ޓުވިޓާގައި ވެސް ބުނަންވީ. އެ ވާހަކައެއް ގިނަގިނަ އިން ދައްކަވަންވީ. އަޅުގަނޑުމެންގެ ކަންފަތުގައި ފުރަތަމަ ފަހަރަށް ވެސް އެ އަޑު ޖެހޭނެ."
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަޅާނުލެވި އެތައް ތަނެއް ރާއްޖޭގެ ރަށްރަށުގައި ހުރި އިރު، ނޭނގި ތިބެ ކަމެއް ކޮށްފި ނަމަ، އެކަން ވާނީ ބޭކާރު މަސައްކަތަކަށެވެ. އަދި ކަންކަން ރޭވުންތެރިކަމާ އެކީގައި ކުރިއަށް ގެންގޮސްފި ނަމަ، ދިގުމުއްދަތަކަށް އެކަމުގެ ފަސޭހަކަން ލިބޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ނައިބު ރައީސް މާރަންދު އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ސިއްހީ މަރުކަޒާއި ސްކޫލާއި ފެނަކަ އިން ހިންގަމުން އަންނަ އިންޖީނުގެއަށް ވަޑައިގެންފަ އެވެ. މާރަންދު އަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެމަނިކުފާނުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ހއ. އިހަވަންދޫ އަށެވެ.
ހޯރަފުށީގައި އެއާޕޯޓު އަޅަން ބޮޑު ބައެއް ހިއްކައިފި
މާހިންގެ އެދުން ނައިބު ރައީސަށް: ބަނދަރު ހަދައިދީ!
މަޝްރޫއުތައް ފެށުމަށް ފަހު ނުހުއްޓޭނެ: ނައިބު ރައީސް
ރަނގަޅު ކަންކަން ކުރަން ސަރުކާރުން ބިރުގަނޭ: ފައިސަލް
މަޖިލީހުން މަޝްރޫއުތަކަށް ހުރަސްއަޅާ: ރައީސް
ހއ. އަތޮޅަށް ގިނަ މަޝްރޫއުތަކެއް
ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުން
"ރައީސަކީ ރާއްޖެ ނުދެކޭ ފަދަ އޯގާތެރި ވެރިއެއް"
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
ކޮރަޕްޝަން ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ރައީސަށް