Roadha Mihaaru
ވަގުން އަތުލައިގަންނަން ވޮލްމާޓަށް އޭއައި ޓެކްނޮލޮޖީ

ވަގުން އަތުލައިގަންނަން ވޮލްމާޓަށް އޭއައި ޓެކްނޮލޮޖީ

24 ޖޫން 2019

ފިހާރަތަކުން ކަސްޓަމަރުން ވައްކަން ކުރުމަކީ އާންމު ކަމެކެވެ. އަދި މިކަހަލަ ހާދިސާތަކުގައި ލަދުވެތި ގޮތަކަށް ބައެއް މީހުން ބޭޒާރު ވެސް ވެފައިވެ އެވެ. އެހެންވެ ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވަން އެކި ކަހަލަ ފިޔަވަޅުތައް ވެސް އަޅަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިހާރަތަކުން ކަސްޓަމަރުން ވައްކަން ކުރުމަކީ އާންމު ކަމެކެވެ. އަދި މިކަހަލަ ހާދިސާތަކުގައި ލަދުވެތި ގޮތަކަށް ބައެއް މީހުން ބޭޒާރު ވެސް ވެފައިވެ އެވެ. އެހެންވެ ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވަން އެކި ކަހަލަ ފިޔަވަޅުތައް ވެސް އަޅަ އެވެ.

އެމެރިކާގެ މަޝްހޫރު ރިޓެއިލް ކުންފުނި ވޮލްމާޓުން މިހާރު ވަނީ ވަގުން ހިފަން އާ ފިޔަވަޅެއް އަޅައިފަ އެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެންނެވެ. އެ ކުންފުނިން ބުނި ގޮތުގައި ވޮލްމާޓްގެ އައުލެޓްތަކުން ވައްކަން ކުރާ މީހުން އަތުލައިގަންނަން އިމޭޖް ރިކޮގްނިޝަން ކެމެރާ މިހާރު ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.

މިކަން ކުރިއަށް ގެންދަނީ އަޔަލަންޑްގެ ކުންފުންޏެއް ކަމަށްވާ އެވަސީން އިން ތައްޔާރުކުރި ޓެކްނޮލޮޖީގެ އެހީގަ އެވެ. މިއަށް ވޮލްމާޓުން ދީފައިވާ ނަމަކީ "މިސްޑް ސްކޭން ޑިޓެކްޝަން ބައި ވޮލްމާޓް" އެވެ.

ވޮލްމާޓްގެ 1،000 އަށް ވުރެ ވުރެ ގިނަ އައުލެޓްގަި މިހާރު އާ ޓެކްނޮލޮޖީ ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.

"ސީދާ ވައްކަން ކުރާ މީހާ އަށް ވުރެ ބޮޑަށް މި ޓެކްނޮލޮޖީ ފޯކަސް ކުރާނީ ވަގަށް ނަގާ މުދަލަކަށް. އޭގެ މާނަ އަކީ ކޭޝް ކައުންޓަރާ ހަމައަށް އަންނަ ހިސާބުން ކައުންޓަރުގައި ހުންނަ މުވައްޒަފަކަށް އެނގޭނެ ވަގަށް ނަގާފައި ވަނީ ކޯއްޗެއްކަން. އެ ހިސާބުން އެކަމާ ދެކޮޅަށް ދެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ،" ބިޒްނެސް އިންސައިޑާ އަށް ވޮލްމާޓްގެ ތަރުޖަމާން ބުންޏެވެ. "މީގެ ސަބަބުން އަހަރެމެންގެ ސުޕަމާކެޓްގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން މުވައްޒަފުންގެ ރައްކާތެރިކަން ވެސް ކަށަވަރުކޮށް ދޭނެ."