ފުރަން އޮތް ފްލައިޓް ޑިލޭވުމުން ރުޅި ގަދަވެ އެމެރިކާގެ ފްލޮރިޑާގެ އެއާޕޯޓެއްގައި މުވައްޒަފުންތަކަކާ މާރާމާރީ ހިންގި މައްސަލައެއްގައި ތިން އަންހެނަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.
18 ޖުލައި 2020
ފުރަން އޮތް ފްލައިޓް ޑިލޭވުމުން ރުޅި ގަދަވެ އެމެރިކާގެ ފްލޮރިޑާގެ އެއާޕޯޓެއްގައި މުވައްޒަފުންތަކަކާ މާރާމާރީ ހިންގި މައްސަލައެއްގައި ތިން އަންހެނަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ފްލޮރިޑާގެ ފޯޓް ލޯޑަޑޭލް-ހޮލީވުޑް އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ. މީޑިއާތަކުން ބުނި ގޮތުގައި ތިން އަންހެނުން ފިލަޑެލްފިއާ އަށް ދާން އޮތް ބަޖެޓް އެއާލައިން ސްޕިރިޓް އެއާލައިންސްގެ ފްލައިޓް ޑިލޭވުމުން އެ ވަގުތު އެ އެއާޕޯޓްގެ ކައުންޓަރުގައި ތިބި އެއާލައިންގެ މުވައްޒަފުންނާ ޒުވާބުކޮށް ހަޅޭއްލަވައި މާރާމާރީ ހިންގާފައިވެ އެވެ. މި ހާދިސާގައި މުވައްޒަފުންނަށް ކުދިކުދި އަނިޔާތައް ވެސް ލިބުނެވެ.
މާރާމާރީ ހިންގި ތިން އަންހެނުން ވަނީ މުވައްޒަފުންނާ ދިމާއަށް ފޯނާއި ފެން ފުޅި ފަދަ ތަކެތި ވެސް އުކައިފަ އެވެ،. މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.
މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ އުމުރުން 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 22 އަަހަރުގެ މީހެކެވެ. މި ތިން މީހުންގެ މައްޗަށް ދައުވާކުރުމުގެ ކުރިން ހައްޔަރުކޮށް ޖަލުގައި ވެސް ބަންދުކުރި އެވެ. އެކަމަކު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
މާރާމާރީ ހިންގުމާއި އެއާޕޯޓްގައި ހަމަނުޖެހުން ހިންގުމުގެ ދައުވާ ވަނީ ތިން މީހުންގެ މައްޗަށް އުފައިލަ އެވެ. އަދި އެތަނުން އެކެއްގެ މައްޗަށް ވަނީ ހަމަނުޖެހުންގަނޑުގެ ތެރޭގައި އެއާލައިންގެ މުވައްޒަފެއްގެ ފޯނު ވަގަށް ނެގި ކަމުގެ ދައުވާ ވެސް ކޮށްފަ އެވެ.
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ
ޔޫކޭ ރެޑް ލިސްޓުން ނެގުމުން "ދުނިޔޭގެ އެންމެ އުހަށް"
"ފްރެންޑްސް" ގެ ފޭނުންނަށް ކްރޫޒް ދަތުރެއް
ކެބިން ކްރޫއެއްގެ ވަޒީފާ ދޫކޮށްލައި ލިޔުންތެރިއަކަށް
ވަގަށް ނެގި ތަކެތި އީބޭގައި ވިއްކި މީހަކު ޖަލަށް
ޖެޓްޕެކްގައި 3،000 ފޫޓު މަތީ އުޅުނު މީހަކު ހޯދަނީ
މާސްކް އަޅަން ބުނުމުން މޫނަށް ޖެހީ ކުޅު
ކާރެއް ހުއްޓުވި އިރު ދުއްވަން ފަސް އަހަރުގެ ކުއްޖެއް
މަގުމައްޗަށް ކުޑަކަމުދާން އުޅެގެން ގެއްލުނީ ކާރު
ވަގަށް ނެގި މަގެއް 55 އަހަރު ފަހުން ހަވާލުކޮށްފި