23 ޖޫން 2019
އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތައް މަދު ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކޮށްދިނުމަށް ކިޔަވާ ކުދިން މިއަދު އެދިއްޖެ އެވެ.
އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތައް މަދު ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކޮށްދިނުމަށް ކިޔަވާ ކުދިން މިއަދު އެދިއްޖެ އެވެ.
ރާއްޖޭގެ ހުރިހާ ދަރިވަރުންގެ ފަރާތުން ކުރާ އިލްތިމާސެއްގެ ގޮތުން، އެ ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ކޮމިޓީ އަށް ހުށަހެޅީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނެވެ. ރާއްޖޭގެ ތާރީޚުގައި ދަރިވަރުންތަކެއް މަޖިލީހަށް ހުށަހެޅުމެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. މިކަމުގައި 17 ސްކޫލަކުން ބައިވެރިވި އެވެ.
ޕްލާސްޓިކުން ލިބޭ ގެއްލުންތަކާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ޕްލާސްޓިކް މަދުކުރަން ކޮށްފައިވާ ބައެއް މަސައްކަތްތައް މަޖިލީހުގެ ކޮމިޓީ އަށް ދަރިވަރުން މިއަދު ކިޔައިދިނެވެ. އެގޮތުން، ރާއްޖެ އަށް ވުރެ ތިމާވެށީގެ މައްސަލަތައް މަދު ގައުމުތަކުގައި ވެސް ޕްލާސްޓިކް މަދު ކުރަން މާ ގިނަ މަސައްކަތްތައް ކޮށްފައިވާކަން އެ ކުދިން ފާހަގަ ކުރި އެވެ. ބައެއް ގައުމުތަކުގައި ޕްލާސްޓިކް ހުއްޓުވުމަށް ބޮޑެތި އަދަދު ތަކުގެ ޖޫރިމަނާ ތައާރަފު ކޮށްފައިވާ ކަމަށް އެ ކުދިން ބުންޏެވެ.
މިއަދުގެ ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި ކޮމިޓީގެ ބައެއް އެހެން މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
"ކެންޔާގައި ޕްލާސްޓިކް ކޮތަޅު ގެންގުޅުމުން 38،000 ޑޮލަރުން ޖޫރިމަނާ ކުރެވޭ އިރު، އިނގިރޭސި ވިލާތުގައި 2025 ވަަނަ އަހަރު އަންނަން ވާ އިރަށް ޕްލާސްޓިކް މަދުކުރަން ވަނީ ވައުދު ވެފައި. އަދި ޒިމްބާބުވޭ ގައި ޕްލާސްޓިކް ތަށި ބޭނުން ކުރުން ހުއްޓާލާފައި ވާ އިރު، ޔުގެންޑާ އަކީ ދުނިޔޭގެ ފުރަތަމަ ޕްލާސްޓިކް ފްރީ ގައުމަށް ހެދުމަށް ދަނީ އެތައް މަސައްކަތެއް ކުރަމުން،" ޕްލާސްޓިކް މަދުކުރުމަށް އެކި ގައުމުތަކުން ކުރާ ބޮޑެތި މަސައްކަތްތައް ފާހަގަކުރަމުން ދަރިވަރުންގެ ހުށަހެޅުމުގައި ފާހަގަކޮށްފައި ވެ އެވެ.
"މީގެ އިތުރުން ޓެމިލްނާޑޫ ގައި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި އެތެރެ ކުރުމާއި ބޭނުން ކުރުން ހުއްޓާލާފައި ވާ އިރު، ބަންގްލަދޭޝްގެ ޑާކާ ގައި ވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ވަނީ މަނާކޮށްފައި. ވީމާ އަޅުގަނޑުމެން ފަދަ ތިމާވެއްޓަށް ބަރޯސާ ވެފައިވާ ގައުމަކަށް މި ފަދަ ކަމެއް ނުކުރެވެންވީ ކީއްވެގެންތޯ؟،"
2024 ވަނަ އަހަރުގެ ކުރިން:
- ފެން ބަންދު ކުރުމަށް 150 އަދި 500 މިލިލީޓަރުގެ ޕްލާސްޓިކް ފުޅި އުފެއްދުން މަނާކުރުން.
- ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރުން.
- ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރާނެ އެއްޗެއް ހޯދައި އެ އުފެއްދުން ސަބްސިޑައިޒް ކުރުން.
- ފެން ފިލްޓަރާއި ބޭރުގައި ފެން ލިބޭނެ ނިޒާމެއް ސަބްސިޑައިޒް ކުރުން.
- ރާއްޖެ އަށް އެތެރެކުރާ މުދަލަކީ ޕްލާސްޓިކް ކޮތަޅު ނޫން ބާވަތެއް ބޭނުން ކޮށްގެން ބަންދު ކޮށްފައިވާ މުދަލަށް ހެދުން.
- ހުރިހާ ބާވަތެއްގެ ޕްލާސްޓިކް ފުޅި މަނާކުރުން.
2025 ވަނަ އަހަރުގެ ކުރިން:
- އެއްފަހަރު ބޭނުންކުރާ ހުރިހާ ބާވަތެއްގެ ޕްލާސްޓިކް މަނާކުރުން.
- ބޭނުން ކޮށްފައިވާ ހުރިހާ ޕްލާސްޓިކެއް ރިސައިކަލްކޮށް އަލުން ބޭނުން ކުރެވޭ ގޮތް ހެދުން.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި، ދިވެހި ކިޔަވާ ކުދިންގެ ފަރާތުން ގޮވާލާފައި ވަނީ ޕްލާސްޓިކް މަދު ކުރުމަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން ގަބޫލުކޮށް، އެއްބާރުލުން ދިނުމަށެވެ.
ޕްލާސްޓިކް މަދުކުރަން، ދިވެހި ކިޔަވާ ކުދިންގެ ފަރާތުން އެކުލަވައިލި މަގުޗާޓު ހަވާލު ކުރީ، ކޮމިޓީގެ ބައްދަލުވުމުގައި ޚާއްސަ މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި، ނަޝީދާ އެވެ.
މަގުޗާޓުގެ ލިޔުމާ ހަވާލުވެވަޑައިގަތުމަށް ފަހު، ނަޝީދު ވިދާޅުވީ އެ ހުށަހެޅުންތައް މަޖިލީހުގައި އަމަލުކުރާ ތަރުތީބުގެ ތެރެއިން މެމްބަރުންގެ ސަމާލުކަމަށް ގެންނަވާނެ ކަމަށެވެ.
ޕްލާސްޓިކް މަނާ ކުރަން މަޖިލިހުން ގަރާރެއް ފާސްކޮށްފި
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓް ދިގުކުރަން ފާސްކޮށްފި
ކްލައިމެޓްއެމްބެސެޑަރުކަމުގެ މަގާމު ނަޝީދު ފައްޓަވައިފި
"ބިލްތައް މަޑުޖެހިފައި ހުރީ ސަރުކާރާ މަޝްވަރާ ކުރާތީ"
"އަސްލަމް ގާނޫނާ ހިލާފުވި މައްސަލަ ކޯޓަށް ގެންދެވޭނެ"
ބަނގުރޫޓުވާ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމަކަށް: އަަމީރު
"ނަޝީދުގެ ހިތުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަ"
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
ބިލެއް ނެތުމުން ބައިގަޑިއިރު ތެރޭ ޖަލްސާ ނިންމާލައިފި