Roadha Mihaaru
ފަސް ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ

ފަސް ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ

26 ޖޫން 2019

ރާއްޖޭގެ ފަސް ރަށެއްގެ ސިއްހީ މަރުކަޒެއް ހޮސްޕިޓަލަށް ބަދަލުކުރަން ހެލްތު މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގެ ފަސް ރަށެއްގެ ސިއްހީ މަރުކަޒެއް ހޮސްޕިޓަލަށް ބަދަލުކުރަން ހެލްތު މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ހޮސްޕިޓަލަށް ބަދަލުކުރަން ނިންމީ ހއ. އިހަވަންދޫ ސިއްހީ މަރުކަޒާއި ޅ. ހިންނަވަރުގެ ސިއްހީ މަރުކަޒާއި އދ. މާމިގިލި ސިއްހީ މަރުކަޒާއި ތ. ތިމަރަފުށީގެ ސިއްހީ މަރުކަޒު އަދި ގދ. ގައްދޫ ސިއްހީ މަރުކަޒެވެ.

މި ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުކުރަން ބޭނުންވާ ޑިޒައިން ހެދުން ދެ ކުންފުންޏަކާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

ތިމަރަފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ޑިޒައިންކުރަން ހަވާލުކުރީ އިޕޮކް އެސޯސިއޭޓްސްއާ އެވެ. މި އެއްބަސްވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރެއްވި އިރު، އިޕޮކް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު މުއާވިއަތު އަބްދުއްސައްތާރެވެ.

ޖުމްލަ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރީ 147،953ރ. އަށެވެ.

ތިމަރަފުށީ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޑިޒައިން އެއްބަސްވުމުގައި މިނިސްޓަރު އަމީން ސޮއިކުރައްވާއިރު، އެ ދާއިރާގެ މެމްބަރު ރިޔާޒް އަރިހުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ތިމަރަފުށީ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޑިޒައިން އެއްބަސްވުމުގައި މިނިސްޓަރު އަމީން ސޮއިކުރައްވާއިރު، އެ ދާއިރާގެ މެމްބަރު ރިޔާޒް އަރިހުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިހަވަންދު އާއި ހިންނަވަރާއި މާމިގިލި އަދި ގައްދޫގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލަކަށް ބަދަލުކުރަން ޑިޒައިން ކުރަން ހަވާލުކުރީ، 477،077ރ ގެ އަގަކަށް އާކްއެންޖް ސްޓޫޑިއޯއާ އެވެ. މި މަސައްކަތަށް ދިނީ 60-66 ދުވަހެވެ.

އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ހާމީން އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަމީނެވެ.

ހިންނަވަރު ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޑިޒައިން އެއްބަސްވުމުގައި މިނިސްޓަރު އަމީން ސޮއިކުރައްވާއިރު، އެ ދާއިރާގެ މެމްބަރު ޖީހާން އަރިހުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހިންނަވަރު ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޑިޒައިން އެއްބަސްވުމުގައި މިނިސްޓަރު އަމީން ސޮއިކުރައްވާއިރު، އެ ދާއިރާގެ މެމްބަރު ޖީހާން އަރިހުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަމީން ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ސިއްހީ މަރުކަޒުތައް ހޮސްޕިޓަލުތަކަށް ބަދަލުކުރުމުން އެތަނުން ދޭ ހިދުމަތްތައް އިތުރުވާނެ އެވެ. އެގޮތުން އަންހެނުންގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ އެވެ. އަދި ދަތުގެ ފަރުވާ އާއި ފިޒިއޮތެރަޕީގެ ހިދުމަތާއި ޑައަލަސިސް ހިދުމަތް ވެސް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިހަވަންދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޑިޒައިން އެއްބަސްވުމުގައި މިނިސްޓަރު އަމީން ސޮއިކުރައްވާއިރު، އެ ދާއިރާގެ މެމްބަރު ޝިފާއު އަރިހުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިހަވަންދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޑިޒައިން އެއްބަސްވުމުގައި މިނިސްޓަރު އަމީން ސޮއިކުރައްވާއިރު، އެ ދާއިރާގެ މެމްބަރު ޝިފާއު އަރިހުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހޮސްޕިޓަލަކަށް ބަދަލުވުމުން އިތުރުކުރާ ކަންކަމުގެ ތެރޭގައި އެމަޖަންސީ ކޮޓަރިއަކާއި ކުދި އޮޕަރޭޝަން ކުރާނެ ތިއެޓަރަކާއި އައިސީޔޫއަކާއި ތުއްތު ކުދިންނަށް ހާއްސަ އައިސީޔޫއެއް ހިމެނެ އެވެ. އަދި އެކްސްރޭގެ ހިދުމަތާއި ވިއްސާ ކޮޓަރިއަކާއި އަލްޓްރާ ސައުންޑް ސްކޭނުގެ ހިދުމަތްތައް ވެސް އެތަންތަނުން ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް މިނިިސްޓްރީން ބުނެ އެވެ.