ޕިކަޕެއްގެ ކަފު ޖަހައިގެން މާލޭގެ މަގެއްގެ މަތިިން ގެންދިޔަ ކޮންކްރީޓް ޕަމްޕް މެޝިނެއްގެ ފުރޮޅުން ޖެހި މީހެއްގެ ފައި ވަރަށްބޮޑަށް ޒަހަމްވެއްޖެ އެވެ.
30 ޖޫން 2019
ޕިކަޕެއްގެ ކަފު ޖަހައިގެން މާލޭގެ މަގެއްގެ މަތިިން ގެންދިޔަ ކޮންކްރީޓް ޕަމްޕް މެޝިނެއްގެ ފުރޮޅުން ޖެހި މީހެއްގެ ފައި ވަރަށްބޮޑަށް ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ މެންދަމުން އަލިވެ، އެކެއް ޖަހާ އެހާކަށް ހާއިރު އިސްކަންދަރު މަގުގައި ހިނގި އެ ހާދިސާގައި ކޮންކްރީޓް ޕަމްޕުގެ ފުރޮޅު ދަށުވީ އެ މަގުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގެ ކައިރިން ހިނގާފައި ދިޔަ މީހެއް ކަމަށެވެ. އެ ހާދިސާ ހިނގި އިރު ޕިކަޕް ދުއްވަން އިނީ ފުލުުހުން ބުނިގޮތުގައި ބިދޭސީއެކެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނި ގޮތުގައި އެ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ފައިތިލަ އޮތީ ޗިސް ވެފަ އެވެ. އައިޖީއެމްއެޗުން ބުނީ އުމުރުން 41 އަހަރުގެ މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ފަޔަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެކަމަކު އަނިޔާގެ ތަފުސީލެއް އެ ހޮސްޕިޓަލަކުން އަދި ނުދެ އެވެ.
މި ރޯދަމަހު މާލޭގައި 151 އެކްސިޑެންޓް
ގަސްދުގައި ސައިކަލެއްގައި ޖެއްސި މީހަކު މަރުވެއްޖެ
އެކްސިޑެންޓަށް އަހަރެއް؛ މެސެޖާއެކު އޮއްތޮ މަގުމައްޗަށް
ޓެކްސީ ޑްރައިވަރަށް ޖިނާއީ ދައުވާ ކުރަނީ
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ގިނަ ދައުވާތަކެއް
މީހަކު މަރުވި އެކްސިޑެންޓުގެ މައްސަލަ ހައިކޯޓަށް
އެކްސިޑެންޓް ގިނަވެ ބިރުވެރިކަން، ހަމަ ގާނޫނު މަދީތަ؟
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު