ޖުމްހޫރީ ޕާޓީން 87 ދާއިރާ އަށް ރައީސުން އިންތިޚާބުކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.
01 ޖުލައި 2019
ޖުމްހޫރީ ޕާޓީން 87 ދާއިރާ އަށް ރައީސުން އިންތިޚާބުކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.
އެ ޕާޓީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ދާއިރާ ރައީސުން އިންތިޚާބުކުރުމުގެ ޝަރުތުތައް ކަނޑައަޅައިފަ އެވެ. އެ އުސޫލާ އެއްގޮތަށް އިންތިޚާބު ބާއްވަން ވަރަށް އަވަހަށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ބަހާލާފައިވާ ގޮތަށް ބަލައި ކޮންމެ ދާއިރާ އަކަށް އެ ޕާޓީގެ ރައީސަކު އިންތިޚާބު ކުރަން ނިންމީ ޕާޓީގެ ހިންގުން ހަރުދަނާ ކުރަން ކަމަށެވެ. އަދި އާއްމު މެމްބަރުންނާއި ޕާޓީއާ އޮންނަ ގުޅުން ބަދަހިކުރަން ކަމަށް ވެސް ވިދާޅުވި އެވެ.
"މުޅިން އަލަށް ޕާޓީގައި ދާއިރާ ރައީސުން މި އިންތިޚާބު ކުރަނީ. މި ބަދަލާ އެކު ޕާޓީގެ ހިންގުން ވަރަށް ބޮޑުތަނުން ހަރުދަނާ ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ޕާޓީން ހުސްވެފައިވާ ނައިބު ލީޑަރުގެ މަގާމަށް ކުރިމަތިލާން ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ މަގާމަށް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުގައިވާ ގޮތުން ޖުމްހޫރީ ޕާޓީގައި ތިބީ 9،334 މެމްބަރުންނެވެ.
މި އަހަރުގެ މާޗް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ދާއިރާތަކަކަށް ޖޭޕީން ވާދަ ކުރި އެވެ. އެކަމަކު އެ ޕާޓީ އަށް ކަށަވަރުވީ އެންމެ ފަސް ގޮނޑި އެވެ.
ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލައްވައިފި
ޖޭޕީއަށް ގޮންޖެހުމެއް ނެތް، މިސްރާބު އިންތިހާބަށް!
ވެރިކަަމަށް އައިސް ހަދަނީ ހެއްދެވިހާ ދޮގު: ގާސިމް
އަމިއްލަ އެދުމެއް ނެތް، އެކަމަކު ލިބެނީ ބޮނޑި:ގާސިމް
ޔާމީން ޖަލަށް ލުމަކީ ވައުދެއް، ގާސިމާ ގުޅުމެއް ނެތް!
އިންތިޚާބަށް "ފޮޅުވާ މަލަކަށް" ޖޭޕީ ނުހެދޭނެ: ގާސިމް
ގާސިމަށް ލަފާ ދެއްވުން ނާޒިމް ހުއްޓާލައްވައިފި
ޖޭޕީގެ ސޮއިކުރާ ހަފުލާތަކުން އިސް ސަފު "ގެއްލިއްޖެ!
ގާސިމްގެ ފާޑުކިއުން: ނަޝީދު ގޯލް ޖައްސަވަނީ ބައިކޮޅަށް
ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން ކަމަށް އަނޫޝް