Roadha Mihaaru

މިހާރު ސްޓައިލް: އެއް މިނެޓުން އަޅާލެވޭނެ ބުރުގާ ސްޓައިލެއް

10 ސެޕްޓެމްބަރ 2016

ޝަމްސީޒް ބްރައިޑަލް ހިޖާބްސްގެ ބުރުގާ ސްޓައިލިސްޓް ނިއުމާ އަހްމަދު "މިހާރު ސްޓައިލް" ގެ މި އެޕިސޯޑަށް ހުށަހަޅައިދެނީ އެއް މިނެޓުން އަޅާލެވޭނެ ބުރުގާ ސްޓައިލެކެވެ. މި ބުރުގާ އަޅާނެ ގޮތް، މޮޑެލް ކޮށްފައިވަނީ ޔައުލާ މާޒިން އެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

ޝަމްސީޒް ބްރައިޑަލް ހިޖާބްސްގެ ބުރުގާ ސްޓައިލިސްޓް ނިއުމާ އަހްމަދު "މިހާރު ސްޓައިލް" ގެ މި އެޕިސޯޑަށް ހުށަހަޅައިދެނީ އެއް މިނެޓުން އަޅާލެވޭނެ ބުރުގާ ސްޓައިލެކެވެ. މި ބުރުގާ އަޅާނެ ގޮތް، މޮޑެލް ކޮށްފައިވަނީ ޔައުލާ މާޒިން އެވެ.

މިއީ ވަގުތު ކުޑަތަންވެގެން އުޅެމުން ބޭރަށް ދާން ޖެހޭ ހާލަތެއްގައި ވަރަށް އެކަށީގެންވާ ސްޓައިލެކެވެ. ބުރުގާ ސްޓައިލިސްޓް ނިއުމާ ބުނާގޮތުގައި، ޝިފޯން، ވިސްކޯސް ފަދަ މަޑު ފޮތީގެ ޝޯލް ބޭނުންކޮށްގެން މި ސްޓައިލް ވަރަށް ފަސޭހައިން އަޅާލެވޭނެ އެވެ.

ދޫކޮށް ބޮޑު ސްޓައިލަކަށް އަޅާލެވޭ މި ބުރުގާގައި ދެތިން ދައްޗެއް ޖަހާލުމުން ފުދޭނެ އެވެ. ނަމަވެސް، އެމީހަކު ބޭނުން ވަރަކަށް، ހުތުރު ނުވާ ވަރަކަށް ދަތި ޖަހަންވީ އެވެ. އަދި މި ބުރުގާ ސްޓައިލް ނަލަކޮށްލަން ބޭނުން ނަމަ، ރީތި ފަށެއް ނުވަތަ ބުރުގާގައި ޖަހާ ދައްޗެއް ގުޅުވާލެވިދާނެ އެވެ.

މިއީ އެމީހަކަށް ކަމުދާ ކުލައެއްގައި ކޮންމެ މުނާސަބަތަކަށް ގުޅުވާލައިގެން ސްޓައިލް ކޮށްލެވޭނެ ވައްތަރެކެވެ.