Roadha Mihaaru
އީދު ނަމާދުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި

އީދު ނަމާދުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި

09 ސެޕްޓެމްބަރ 2016

މި ބޮޑު އީދު ނަމާދު މާލޭގައި މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި ބޮޑު އީދު ނަމާދު މާލޭގައި މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

މިނިސްޓްރީން ބުނިގޮތުގައި ފިރިހެނުން އީދު ނަމާދު ކުރުމަށް ހަމަޖައްސާފައިވަނީ ސްޓޭޑިއަމްގެ ޓާފް ދަނޑުގަ އެވެ. އަދި އަންހެނުން ނަމާދު ކުރާނީ ޓާފް ދަނޑާ ޖެހިގެން އޮންނަ، ފުޓްސަލް ކުޅޭ ސަރައްދުގައި ކަމަށް އެތަނުން ބުންޏެވެ.

ވިއްސާރަ ވުމުގެ ސަބަބުން މިދިޔަ ފިތުރު އީދު، ބޮޑު ޖަމާއަތުގައި ނުކުރި ނަމަވެސް އާއްމު ގޮތެއްގައި މިހާރު އީދު ނަމާދު ކުރަނީ މާފަންނު ސްޓޭޑިއަމްގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނަމާދަށް ދާ އަންހެނުން ދަނޑަށް ވަނުމަަށް ހާއްސަ ގޭޓުތަކެއް ކަނޑައަޅާފައި ހުންނާނެ ކަމަށެވެ. އަދި ޓްރެފިކް ލުއި ކުރުމަށް ފައިމަގުގައި ނަމާދަށް ދިޔުމަށް އެދޭ ކަމަށާއި އެކަމަކު ސައިކަލުގައި ދާ މީހުންގެ އުޅަނދު ޕާކުކުރުމަށް، ކަޅުތުއްކަލާކޮއްޓާ ދިމާލުން ވަކި ތަނެއް ހާއްސަކޮށްފައި ވާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

މާލޭގެ އިތުރުން ރަށްރަށުގައި ވެސް އާއްމުކޮށް އީދު ނަމާދު ކުރަނީ ހުސް ސަރަހައްދުތަކުގައި ބޮޑު ޖަމާއަތުގަ އެވެ.