Roadha Mihaaru
އައިފޯން 7 ގައި ހެޑްފޯން ޖެކް ނެތް ސަބަބު އެނގޭތަ؟

އައިފޯން 7 ގައި ހެޑްފޯން ޖެކް ނެތް ސަބަބު އެނގޭނީ ފަހުން

10 ސެޕްޓެމްބަރ 2016

އެޕަލް އިން އައިފޯނު ތައާރުފުކުރީ ޖޫން 29، 2007 ގަ އެވެ. އަންނަ އަހަރު އައިފޯނުގެ ވަނަ 10 އުފަން ދުވަސް ފާހަގަކުރާ ހިސާބަށް ދިޔައިރު ހެޑްފޯނު ޖެކެއް ނެތެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އިން އައިފޯނު ތައާރުފުކުރީ ޖޫން 29، 2007 ގަ އެވެ. އަންނަ އަހަރު އައިފޯނުގެ ވަނަ 10 އުފަން ދުވަސް ފާހަގަކުރާ ހިސާބަށް ދިޔައިރު ހެޑްފޯނު ޖެކެއް ނެތެވެ.

ހެޑްފޯނު ޖެކް ބާތިލުކުރަން ޖެހެނީ ފޯނު ތުނިކުރަން ކަމަށް ބުނެވުނެވެ. އެކަމަކު ތުންޏެއް ނޫނެވެ. "އައިފޯނު 6އެސް"ގެ ތުނި މިން "އައިފޯނު 7"އާ އެއްވަރެވެ. "އައިފޯނު 6އެސް ޕްލަސް" އާއި "އައިފޯން 7 ޕްލަސް"ގެ ތުނި މިން އެއްވަރެވެ. އެކަމަކު ބެޓެރީން ބަދަލެއް ދައްކަ އެވެ.

އެޕަލް އިން ހާމަކޮށްފައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި އައިފޯން 6އެސް އަށް ވުރެ އައިފޯން 7ގެ ބެޓެރީ ވަރުގަދަ އެވެ. އައިފޯނު 6އެސް ޕްލަސް އަށް ވުރެ އައިފޯނު 7 ޕްލަސްގެ ބެޓެރީ ގިނައިރު ދަމަހައްޓަ އެވެ. އައިފޯން 7ގައި ހެޑްފޯން ޖެކު ނެތުމުން ވި ފައިދާތަކުގެ ތެރޭގައި އެކަން ހިމެނެ އެވެ.

އައިފޯނު 7 ގައި ހެޑްފޯން ޖެކް ނެތެއް ކަމަކު ބޭނުންކުރާ މީހުންނަށް ގެއްލުމެއް ނެތެވެ. އެޕަލް އަށް ވަފާތެރި އެންމެން ތިބީ އެ ބަދަލަށް ތައްޔާރުވެގެންނެވެ. މޮޅު އުފެއްދުމަކަށް ރަނގަޅު ހޭދައެއްކުރާ ގޮތަށެވެ.

އައިފޯން 6އެސް އަށް ވުރެ އައިފޯން 7 ލުއި އެވެ. އައިފޯން 6އެސް ޕްލަސް އަށް ވުރެ އައިފޯން 7 ޕްލަސް ލުއި އެވެ. މިއީ ވެސް ތަފާތެކެެވެ. ކުރި އަށް ކުޅެވުނު ކުޅިއެކެވެ.

އައިފޯން 7 ގައި ހެޑްފޯން ޖެކެއް ނެތް: ހެޑްފޯނަށް އަދި ބެޓެރީ ޗާޖްކުރަށް ވެސް ބޭނުންކުރަން ޖެހެނީ ލައިޓްނިން ޕޯޓް. އެހެނެއް ކަމަކު ބޭނުންކުރާ މީހުންނަށް ތަކުލީފަކަށް ނުވާނެ ކަމަށް އެޕަލް ދެކޭ

އައިފޯން 7 ގައި ހެޑްފޯން ޖެކެއް ނެތް: ހެޑްފޯނަށް އަދި ބެޓެރީ ޗާޖްކުރަށް ވެސް ބޭނުންކުރަން ޖެހެނީ ލައިޓްނިން ޕޯޓް. އެހެނެއް ކަމަކު ބޭނުންކުރާ މީހުންނަށް ތަކުލީފަކަށް ނުވާނެ ކަމަށް އެޕަލް ދެކޭ

އޮންލައިން ނޫސްތަކުން ބުނާ ގޮތުގައި އައިފޯނަށް އަންނަން ހުރި ކުރިއެރުންތައް އަދި ހުރީ އެވެ. ހެޑްފޯނު ޖެކު ނައްތާލުން އެއީ ފެށުމެވެ. އައިފޯނު ހަތަކުން އެފެންނަނީ އަދި ކުޑަ ބަދަލެކެވެ. ބެޓެރީ ވަރުގަދަވެއްޖެ އެވެ. އައިފޯނުގައި ބޭނުންކުރާ ޕްރޮސެސާ އަށް ހިތްދެމިލެވިއްޖެ އެވެ.

އައިފޯނު 7 ގައި ވަނީ "އޭ10 ފިއުޝަން" ޕްރޮސެސާއެކެވެ. އެއީ ފުރަތަމަ އައިފޯނަށް ވުރެ 120 ގުނަ ދުވެލި ބާރު ޕްރޮސެސާއެކެވެ. "އޭ10 ފިއުޝަން" ޕްރޮސެސާ އުފައްދާފައި ވަނީ ބާރުގަދަ "މޯޝަން" ޗިޕަކާ އެކު އެވެ. އެ ޕްރޮސެސާގައި ހުރިހައި މޮޅެއްް އައިފޯނު 7 ގައި ނެތަސް، ހުރީ ފަހަށް ރައްކާކޮށްފަ އެވެ.

އައިފޯނަށް 10 އަހަރު ފުރުން ފާހަގަކުރަން ނެރޭ އައިފޯނަކީ ބާރުގަދަ ފޯނަކަށް ވާނެ ކަމަށް ބުނެވެ އެވެ. އައިފޯނުން ހެޑްފޯނު ޖެކް ނައްތާލުމުން ކުރާނެ ހުރިހާ ފައިދާއެއް އެ ހިސާބުން އެނގޭނެ އެވެ. އެ ފޯނަކަށް ބޭނުންވާނެ ހުރިހާ ކުރެހުމެއް ހުރީ ކުރަހާފަ އެވެ. އެކަމާ ބެހޭ ގޮތުން ހުރިހާ އެންމެން މި ހިސާބުން ފެށިގެން ވާހަކަދައްކަން ވީ އެވެ.