Roadha Mihaaru
ރާއްޖެ-އިންޑިއާ އެއްބަސްވުން: ބިރެއް ނެތް: އޭޖީ

ރާއްޖެ-އިންޑިއާ އެއްބަސްވުން: ދިވެހިންނަށް ބިރެއް ނެތް: އޭޖީ އޮފީސް

08 ޖުލައި 2019

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ރައްކާތެރި ކަމާއި ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ރައްކާތެރި ކަމާއި ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާސް" ގެ ނަމުގައި އެކުލަވާލާފައިވާ އެއްބަސްވުމުގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުން ދީފަ އެވެ. އަދި ކެބިނެޓުން ވެސް ވަނީ ރުހުންދީފަ އެވެ.

Raajje-India ebbasvumuha Majileehun ruhun dheefi

Raajje-India ebbasvumuha Majileehun ruhun dheefi

The most trusted news source in the Maldives

Mihaaru

ރާއްޖެ-އިންޑިއާ އެއްބަސްވުމަށް މަޖިލީހުން ރުހުން ދިނުން--

އެ މުއާހަދާގެ ބޭނުމަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވަން ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމެވެ. ކޯޓު އަމުރު ތަންފީޒު ކުރުމަށާއި އެހެނިހެން ޝަރުއީ ކަންކަމާއި ކުށް މަދުކުރުމަށާއި މައްސަލަތައް ތަހުގީގު ކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް އެ އެ މުއާހަދާ ބާރު އަޅަ އެވެ. އަދި ޖިނާއީ މައްސަލަތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ދެ ގައުމުން އެހީތެރިކަން ދިނުމަށް ވެސް މުއާހަދާގައި ލާޒިމްކޮށްފައިވެ އެވެ.

މުއާހަދާގައިވާ ގޮތުން ޖިނާއީ ތަހުގީގެއް ކުރިއަށްދާ އިރު، ތުހުމަތުކުރެވޭ މީހާ އުޅޭ ތަނާއި އެ މީހަކު ގެންގުޅޭނެ ތަކެތި ބެލުމުގެ އިހްތިޔާރު ލިބެ އެވެ. އަދި އެ މީހަކު ގެންގުޅޭ ބޭންކާ ގުޅޭ މައުލޫމާތާއި މާލީ އަދި ވިޔަފާރީގެ ރެކޯޑުތައް ދޭން ވާނެ ކަމަށް ބުނެފައިވެ އެވެ. ބަންދުކޮށްފައި ހުންނަ މީހަކު، ތަހުގީގަށް އެއްބާރުލުން ދިނުމުގެ ފުރުސަތު ފަހިކޮށްދޭން ވާނެ ކަމަށް ވެސް މުއާހަދާގައި ވެ އެވެ. އަދި އެއްވެސް މީހަކު ޓެރަރިޒަމްގެ އަމަލެއް ހިންގާ ނަމަ، އެ މީހަކު ހަރަދު ކުރަން ގެންގުޅޭ ފައިސާ ހިފެހެއްޓުމުގެ ބާރު ވެސް މުއާހަދާގައި އޮތީ ދީފަ އެވެ.

ބަންޑާރަ ނައިބު އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުކުމް ތަންފީޒުކުރުމަށްޓަކައި ނުވަތަ ޝަރީއަތް ހިންގުމަށްޓަކައި އެއް ގައުމުން އަނެއް ގައުމަށް މީހުން ބަދަލުކުރުމަކީ، މި މުއާހަދާގެ ސްކޯޕްގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫން ކަމަށެވެ. އަދި އެ މުއާހަދާގެ ދަށުން ޝަރީއަތެއްގައި ހެކި ބަސް ދިނުމަށްޓަކައި ދިވެހި ރައްޔިތަކު އެހެން ގައުމަކަށް ގެންދެވޭނީ، ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން، ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މި މުއާހަދާގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދިވެހި ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރި ކަމާއި ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

އެފަދަ އެއްބަސްވުންތައް ހެދުމަށް ސްރީލަންކާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ރަޝިއާ ފަދަ ގައުމުތަކާއެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި އެއްބަސްވުން ފުރަތަމަ ހަދަން އުޅުނީ މީގެ 10 އަހަރު ކުރިންނެވެ. އެކަމަކު މިއަދާ ހަމައަށް އައިއިރު، އެކި ސަބަބުތަކާ ހުރެ އޭގައި ސޮއިކުރެވޭ ގޮތެއް ނުވެ އެވެ. މިއީ ޖިނާއީ ކުށްތައް ހުއްޓުވުމުގެ ބޭނުމުގައި ރާއްޖެ އިން ބޭރުގެ ގައުމަކާ އެކުގައި އެއްބަސްވާން އުޅޭ ފުރަތަމަ ފަހަރެވެ.