Roadha Mihaaru
އިންޑިއާ-ރާއްޖެ އެއްބަސްވުން ހަދަން ހެޔޮނުވާނެ: ގާސިމް

އިންޑިއާ-ރާއްޖެ އެއްބަސްވުން ހަދަން ހެޔޮ ނުވާނެ: ގާސިމް

08 ޖުލައި 2019

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުން ގާއިމުކުރަން ހެޔޮ ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުން ގާއިމުކުރަން ހެޔޮ ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" އެއްބަސްވުމުގައި ސޮއިކުރަން ފެންނަ ކަމަށް ވަޒީރުންގެ މަޖިލިހުން ވަނީ ނިންމައިފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެއްބަސްވުމާ މެދު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގޮތެއް ނިންމަވައި ދެއްވުމަށް އެދި މަޖިލިހަށް ފޮނުއްވައިފަ އެވެ.

މަޖިލިހަށް އެ މައްސަލަ ފޮނުވުމާ ގުޅިގެން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ އެ އެއްބަސްވުމުގައި ސޮއިކުރަން ފެންނަ ކަމަށް ނިންމައިފަ އެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވައި ގާސިމް ވިދާޅުވީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދިޔައީ، އެކަށީގެންވާ ވަގުތު ނުދީ "ހުދުމުހުތާރު" ގޮތަކަށް ކަމަށެވެ.

ކޮމިޓީގެ މުގައްރިރަކީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެ މައްސަލައިގައި ކޮމިޓީގެ ތެރޭގައި ވެސް ދެ ބޭފުޅުންގެ މެދުގައި ޒުވާބުތަކެއް ހިނގި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރަން ހެޔޮ ނުވާނެ އެވެ. މިއީ ރާއްޖެ އަށް ނިކަމެތިކަން ގެނެސް، އިސްތިގުލާލަށް އުނިކަން ލިބޭނެ އެއްބަސްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ޖިނާއީ ކުށްތައް ހުއްޓުވުމުގެ ބޭނުމުގައި ރާއްޖެ އިން ބޭރުގެ ގައުމަކާ އެކު އެއްބަސްވާން އުޅޭ ފުރަތަމަ ފަހަރެވެ. އެއްބަސްވުމާ މެދު އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވިޔަފާރި އާއި ބޭންކިން އާއި އިންވެސްޓްމަންޓާ ގުޅުން ހުންނަ ކަންކަން ބެލުމުގެ ބާރު ވެސް އޭގައި ދީފައި އޮތުމެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: ކޮމިޓީގެ މުގައްރިރު ޝަރީފް ހުދުމުހުތާރު ކަމަށް ވިދާޅުވި --- ފޮޓޯ: މަޖިލިސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: ކޮމިޓީގެ މުގައްރިރު ޝަރީފް ހުދުމުހުތާރު ކަމަށް ވިދާޅުވި --- ފޮޓޯ: މަޖިލިސް

"މީގައި ސޮއިކުރުމަށް ފަހު، އޭގެ ނަތީޖާ ދެކޭނެ ދިވެހި ރައްޔިތުން. [އިންޑިއާ އިން] ފައިދާ ނުނަގާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލުކޮށްގެން ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

އެ މުއާހަދާގައި ބައިވެރިވާން ކޮމިޓީން ފާސްކުރީ 13 މެމްބަރުން ތިއްބަވާ ކޮމިޓީގެ އެންމެ ފަސް މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ވިދާޅުވެފަ އެވެ. އެއީ އޭގެ ޒާތަށް ބަލާ އިރު، އެއްވެސް ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިއީ ހެޔޮވާ ވަރު ކަމެއް ނޫން. މިކަން ނުކުރައްވާށޭ. މެމްބަރުން މިއަށް ތާއީދުކޮށްގެން ވާހަކަ ދައްކާކަށް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަކި ބައެއްގެ އަތްދަށުނުވެ ތިބުމަކީ ރާއްޖެއިން ކުރަން ޖެހޭ ކަމެކެވެ.

މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެދިވަޑައިގަތީ އެއްބަސްވުމުގެ މައްސަލަ އަދި ފަސްކޮށްދިނުމަށެވެ. އޭނާ ވިދާޅުވީ ވިޔަފާރީގެ މުއާމަލާތްތައް ބޭޒާރުކޮށްލެވޭ ގޮތަށް އެއްބަސްވުމުގައި އޮތުމުން ރާއްޖޭގެ އިގްތިސާދު ނުސީދާ ގޮތެއްގައި އަޅުވެތި ކުރެވޭނެ ކަމަށެވެ. އެހެންވެ، މި އެއްބަސްވުން އަލުން ރިވިއު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަބޫލުކުރެވޭ ގޮތުގައި ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތުގެ އެންމެ މައި ތަނބަކަށް ވާނީ ވިޔަފާރި އާއި އިންވެސްޓްމަންޓްތައް ރައްކާތެރި މާހައުލެއްގައި ބޭއްވުން،" ސައީދު ވިދާޅުވި އެވެ.

އެހެންވެ އޭނާ ވިދާޅުވީ ރާއްޖެ-އިންޑިއާ އިން ގާއިމްކުރަން އުޅޭ އެއްބަސްވުމުގެ ސަބަބުން އިގްތިސާދަށް އެޅޭނެ ހިޔަންޏަކީ ކޮބައިކަން ސާފުކުރަން ޖެހޭ ކަމަށެވެ.