ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސަބަބުން އާމްދަނީގެ ބޮޑުބައެއް ރާއްޖޭން ބޭރުވާ މައްސަލަ އަށް ހައްލެއް ހޯދަން ޖެހޭ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
11 ޖުލައި 2019
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސަބަބުން އާމްދަނީގެ ބޮޑުބައެއް ރާއްޖޭން ބޭރުވާ މައްސަލަ އަށް ހައްލެއް ހޯދަން ޖެހޭ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަށް ލިބޭ އާމްދަނީގެ ވަރަށް މަތީ އަދަދެއް ބިދޭސީންގެ ސަބަބުން ގައުމުން ބޭރުވެގެން ދިއުމަކީ ފުންކޮށް ވިސްނަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ.
"ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަކުރާނެ ދިވެހީންތަކެއް އުފެއްދިގެން ނޫނީ، ރާއްޖެ އަށް ލިބޭ އާމްދަނީ، ގާދޫކޮލުން ބޭރުވިޔަނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބިދޭސީންނާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރާ މީހުންގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ސަރުކާރުން ވަނީ މައިގްރޭޝަން ޕޮލިސީއެއް ރާވާފަ އެވެ. ލިބޭ އާމްދަނީ ރާއްޖޭގައި ހިފެެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަަކަފުޅު ދައްކަވަމުން އެމަނިިކުފާނު ވިދާޅުވީ ކޮންމެ ފަރުދަކީ އުފެއްދުންތެރި މީހަކަށް ހެދޭނެ ގޮތަކަށް ތައުލީމީ ސިޔާސަތު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
އަހަރުތަކެއް ފަހުން ރާއްޖޭގެ އާބާދީގައި ދޮށީ އުމުރުގެ މީހުން ގިނަވާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކަމަށް ވިސްނައި ފަހަށް ރައްކާކުުރުމުގެ އާދަ އަށަގަންނަވަން ޖެހޭ ކަމަށެވެ.
"މިހާރު ރާއްޖޭގައި އޮތް މަސައްކަތްކުރާ އުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރު ކުރުމަށާއި، ފަހަށް ރައްކާކުރުމުގެ ސަގާފަތް އަށަގަންނުވަން މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ފަރުދީ ޒިންމާ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އަމިއްލަ އާމްދަނީން ދިރިއުޅޭ ބަޔަކަށް ވުމަށް ރާއްޖޭގެ ޒުވާނުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
"ދިވެހި ކޮންމެ ޒުވާނަކީ އަމިއްލަ އާމްދަނީގެ މައްޗަށް ދިރިއުޅުން ބިނާކުރާ، ޒިންމާދާރު މީހަކަށްވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވި އެވެ.
އާމްދަނީ ނުހޯދާ ބަޔަކު ތިބުމަކީ އިގުތިސާދަށް އެކަމުގެ ލޮޅުން އަރާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް މިރޭ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ މަސަައްކަތެއް ނުކޮށް މައިންބަފައިންގެ އެހީގައި ދިރިއުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުން ދިއުމަކީ ހިތާމައެއް ކަމަށެވެ.
އާމްދަނީ ނުހޯދާ ބަޔަކު ތިބުމަކީ ބޮޑު ކަންބޮޑުވުމެއް
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟
މިއަހަރު ރާއްޖޭގެ އާބާދީ ފަސްލައްކައަށް އަރާނެ: ރައީސް
އާބާދީ އިތުރު ނުވެ، ރަތް ރޮނގު ހުރަސް ކުރަނީ!
މުސްކުޅިވަމުންދާ އާބާދީއާ އެކު، ތަރައްގީ މަޑުޖެހެނީ!
ކުރީގެ ސަރުކާރުން 54 ބިލިއަންގެ ލޯނު ނެގި: ފިނޭންސް
"ރައީސް މިވާ ވައުދުތަކުން ވެއްޓޭނީ ނުރައްކާހާލަތަކަށް"
ޖަޕާންގެ އާބާދީ ނުރަވެ އިގްތިސާދީ ހާސްކަމެއްގެ ތެރެއަށް
ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް އެބައޮތް: ރައީސް
"އަދިވެސް ނުދަރާ, ދެން އޮތީ ދުވެލި ބާރު ބަދަލެއް"