Roadha Mihaaru

ޖަޒީރާ ހޮޅުއަށި މިރޭ ތިނަދޫގައި، ރައީސް ބައިވެރިވެވަޑައިގަންނަވާނެ

އާއްމުންގެ ހިޔާލު ހޯދަން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުން "ޖަޒީރާ ހޮޅުއަށި" މިރޭ ގދ. ތިނަދޫގައި ބާއްވަން ހަމަޖައްސައިފި އެވެ.

ޖަޒީރާ ހޮޅުއަށި މިރޭ ތިނަދޫގައި، ރައީސް ބައިވެރިވާނެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

12 ޖުލައި 2019

އާއްމުންގެ ހިޔާލު ހޯދަން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުން "ޖަޒީރާ ހޮޅުއަށި" މިރޭ ގދ. ތިނަދޫގައި ބާއްވަން ހަމަޖައްސައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމުގައި މަޝްވަރާކުރާނީ މަސްވެރިކަމާ ގުޅޭގޮތުންނެވެ. އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މަސްކަނޑުތަކުގެ ނަފާ ދިވެހި މަސްވެރިންނަށް ފުރިހަމަ ގޮތުގައި ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިއްމު އެއް އަމާޒު ކަމަށެވެ. އެކަން ހާސިލްކުރަން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

މިއީ ޖަޒީރާ ހޮޅުއަށީގެ ނަމުގައި ބާއްވާ ތިން ވަނަ ބައްދަލުވުމެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން މިދިޔަ ނޮވެމްބަރު އަދި މިދިޔަ ޖެނުއަރީ މަހު ވެސް އެކި މައުލޫތަކަށް ހިޔާލު ހޯދާފައި ވެ އެވެ.

ތިނަދޫގައި ބާއްވާ ބައްދަލުވުން ފަށާނީ މިރޭ 8:30 ގަ އެވެ.

ސަރުކާރުން ބުނެފައިވަނީ މައްސަލަތަކަށް ހައްލު ގެންނާނީ އާއްމުންނާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް މީގެ ކުރިން ވަނީ "މަސްވެރިޔާ ކާޑު" ނަމުގައި ކާޑެއް ތައާރަފުކޮށްފަ އެވެ.