މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ސަރަހައްދުން ފެނުނު ސްރީ ލަންކާގެ މަސްބޯޓުތައް ރާއްޖޭ ސަރަހައްދަށް ވަދެފައި ވަނީ ހުއްދަ ނެތި ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
21 ނޮވެމްބަރ 2017
މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ސަރަހައްދުން ފެނުނު ސްރީ ލަންކާގެ މަސްބޯޓުތައް ރާއްޖޭ ސަރަހައްދަށް ވަދެފައި ވަނީ ހުއްދަ ނެތި ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ޑިރެކްޓަރު އާދަމް ޒިޔާދު ވިދާޅުވީ މަސްބޯޓުތައް ވަނީ ހުއްދަ ނަގައިގެން ކަމަށް ކޯސްޓްގާޑުން ބުނި ނަމަވެސް އެފަދަ ހުއްދައެއް އެ މިނިސްޓްރީން އެ ބޯޓުތަކަށް ދޫކޮށްފައި ނެތް ކަމަށެވެ.
"މަސްވެރިން އެ ބޯޓުތައް ހިފެހެއްޓުމުން ކޯސްޓްގާޑުން ގޮސް ބެލުމަށް ފަހު އެ ބޯޓުތަކަކީ ހުއްދަ ނަގައިގެން ވަދެފައިވާ ބޯޓުތަކެއް ކަމަށް ބުނެ ދޫކޮށްލީ. ނަމަވެސް މި މިނިސްޓްރީން ނަގަން ޖެހޭ އެއްވެސް އެ ހުއްދައެއް އެ ބޯޓުތަކުގައި ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން އިނޮސެންޓް ޕެސެޖް (އެއް ގައުމުން އަނެއް ގައުމަށް ދާން ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ) އަދި ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް ރާއްޖެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ނަމަ ހުއްދަ ނަގަން ޖެހެ އެވެ.
"ރާއްޖެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަން މަސްވެރި އުޅަނދުތަކަށް އަޅުގަނޑުމެން ހުއްދަދެން. އެގޮތުން ޒީރޯ ޑިގްރީ އާއި ވަން ޑިގްރީ ޗެނަލް އިން ދަތުރުކުރަން އުޅަނދުތަކުން ހުއްދަ ނަގަން އެދޭ. އެއީ ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ކުރަން ޖެހޭ ކަމެއް،" ޒިޔާދު ވިދާޅުވި އެވެ.
ގއ. ކޮލަމާފުށީގެ ހުޅަނގު އުތުރުން 10 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް މަސްވެރިންނަށް ފެނުނު ހަތަރު މަސް ބޯޓު ބަލައި ފާސްކުރުމަށްފަހު ކޯސްޓްގާޑުން ދޫކޮށްލީ އެ ބޯޓުތައް ފެނުނު ދުވަހު ހަވީރު އެވެ.
ކޯސްޓްގާޑުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެ ބޯޓުތައް ހިފަހައްޓައި ބެލިބެލުމުން އެއީ ރަސްމީ ފަރާތްތަކުން ހުއްދަ ނަގައިގެން ލަންކާއިން މޮރިޝަސްއަށް ދަތުރުކުރަމުންދިޔަ ބޯޓުތަކެއްކަން އެނގިފައިވާ ކަމަށެވެ.
"އެ ބޯޓުތަކުގައި މަސްވެރިކަން ކުރާ އާލާތްތައް ހުރި ނަމަވެސް، އެ އާލާތްތައް ބޭނުންކޮށްފައި ނުވާކަން އެމްއެންޑީއެފް ކޯސްޓްގާޑަށް ފާހަގަކުރެވިފައިވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މަސްވެރިކަންކުރަމުން ދިޔަ ލަންކާ ބޯޓެއް އަތުލައިގެންފި
ރާއްޖެ ސަރަހައްދަށް ވަން ލަންކާ ބޯޓެއް އަތުލައިގެންފި
ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތު ކުޑަ
ހާލުގައި ޖެހުނު ލަންކާގެ މަސް ބޯޓަކަށް އެހީތެރިވަނީ
ދާއަޅަން އުޅުނު ލަންކާގެ ބޯޓުތަކެއް ހިފަހައްޓައިފި
ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތައް ކުޅުދުއްފުއްޓަށް
ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތަކަކަށް އެހީވަނީ
ލަންކާގެ 4 މަސްބޯޓެއް ހިފަހައްޓައިފި
"ދޯސްތީ"ގެ ތަމްރީނުތައް މާދަމާ ރާއްޖޭގައި ފަށަނީ
ގެއްލިގެން އުޅުނު ލަންކާގެ މަސްބޯޓު ހޯދައިފި