13 ސެޕްޓެމްބަރ 2016
އައްޑޫގައި ވަކިން އޮންނަ ދެ ރަށް ކަމަށްވާ ހުޅުދޫ އާއި މީދޫގެ ނަރުދަމާ ނިޒާމް ގާއިމު ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
އައްޑޫގައި ވަކިން އޮންނަ ދެ ރަށް ކަމަށްވާ ހުޅުދޫ އާއި މީދޫގެ ނަރުދަމާ ނިޒާމް ގާއިމު ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ އެކަމަށް ކުރިން ހުޅުވާލި ބީލަން މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ. އެކަމަކު ވަކި ސަބަބެއް ބުނެފައެއް ނުވެ އެވެ.
މިހާރު ހަމަޖެހިފައި އޮތް ގޮތުން ހުޅުދޫ އާއި މީދޫގެ ނަރުދަމާ ނިޒާމް ގާއިމުކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ބީލަމުގައި ބައިވެރިވާން 1،500ރ. ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.
ފިނޭންސުން ބުނީ އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލިބިފައިވާ ލޯނު އެހީއެއްގެ ދަށުން ހިންގާ މި މަޝްރޫއުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 462،600ރ. ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުށަހަޅާ ތާރީހުން ފެށިގެން 148 ދުވަހެވެ. ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ 10 ޕަސަންޓެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސަންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ހުޅުދޫ އާއި މީދޫގެ ނަރުދަމާ މަޝްރޫއުގެ ޕްރީ ބިޑް މީޓިން މި މަހުގެ 27 ގައި އޮންނާނެ އެވެ. އަދި ބިޑް ހުޅުވާނީ އަންނަ މަހުގެ 25 ގަ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ ހަފުތާގައި ބުނި ގޮތުގައި މުޅި އައްޑޫގެ ނަރުދަމާ ނިޒާމުގެ މަޝްރޫއު 2018 ގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ އެވެ.
އޮޕަރޭޝަން ހުއްޓުވާ ދޯނިތަކުން މަހެއް ނުގަންނާނެ:މިފްކޯ
ބްރިޖާއި 6،000 އެނދާ އެކު މުއިއްޒުގެ ވައުދު
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިކުރަން ހުށަހަޅަނީ
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
ހުޅުދު އާއި މީދޫގައި ބިދޭސީންގެ މައްސަލަ ބޮއްސުންލައިފި
އައްޑޫން ކޮވިޑް ޖެހުނު މީހުންގެ އަދަދު 29 އަށް
އަމާޒަކީ އައްޑޫގެ ކޮންޓެކްޓް ޓްރޭސިން އަވަސްކުރުން
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
ކޮވިޑް ކޭސްތަކާ އެކު ހުޅުމީދޫ އަލުން މޮނިޓަރިންގައި