10 އެޕްރީލް 2020
އައްޑޫގެ އާ ހޮސްޕިޓަލް، އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން ފުރަތަމަ ފަހަރަށް އިއްޔެ ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ. އޭއީއެޗުން ދެކޭ ގޮތުގައި މިއީ ސިއްހީ ދާއިރާ އަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އައްޑޫގެ އާ ހޮސްޕިޓަލް، އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން ފުރަތަމަ ފަހަރަށް އިއްޔެ ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ. އޭއީއެޗުން ދެކޭ ގޮތުގައި މިއީ ސިއްހީ ދާއިރާ އަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ކުރީގެ އިކްއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ގާއިމްކޮށްފައިވާ މި ހޮސްޕިޓަލުގައި އިއްޔެ އޮޕަރޭޝަން ކުރީ އުކުޅުވަޅުގެ ހުޅު ބިންދައިގެން ދިޔަ އުމުރުން 82 އަހަރުގެ އަންހެނެއްގެ ކަށިގަނޑު ތެދުކުރުމަށެވެ. ކަށީގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ކިޔަވާ ވިދާޅުވުމަށް ފަހު މީީގެ މަހެއްހާ ދުވަސް ކުރިން އޭއީއެޗްގައި ހިދުމަތް ދެއްވަން ފެއްޓެވި، ފުވައްމުލަކަށް އުފަން ޑޮކްޓަރު މުހައްމަދު މުންޝިދުގެ މި އޮޕަރޭޝަން ކާމިޔާބެވެ.
ކުރިން މި ފަދަ އޮޕަރޭޝަންތައް ކުރަން ޖެހެނީ މާލެ އަންނާށެވެ. އެކަމަކު ރަށުގައި ތިބެގެން، ގަވައިދުން މި ފަދަ އޮޕަރޭޝަންތައް ކުރުމުގެ ފުރުސަތު ލިބުމަކީ ޑރ. މުންޝިދު ވިދާޅުވި ގޮތުގައި މީހުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.
"ކުރިން ވިއްޔާ ޖެހޭނީ މާލެ އަށް ރިފާ ކުރަން. އެކަމަކު ހުރިހާ ހިދުމަތްތަކަކާއެކު، މިކޮޅުގައި ރެގިއުލާކޮށް ބޮޑެތި އޮޕަރޭޝަން ކުރުމުގެ މަގުފަހި ވުމަކީ އައްޑޫގެ އެންމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ފަސޭހައެއް،" ދޮޅުގަޑިއިރުގެ އެ އޮޕަރޭޝަނާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހިދުމަތް ދޭން ފެށި، އޭއީއެޗްއަކީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. ކުރިން އައްޑޫގައި އެންމެ ފުޅާކޮށް ހިދުމަތް ދިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރުމަށް ހުރީ އެންމެ ތިއޭޓަރެއް ނަމަވެސް، އޭއީއެޗުގައި ހިދުމަތް ފެށީ ފަސް ތިއޭޓަރާ އެކު އެވެ.
Congratulations to our team, on the success of the 1st major surgery at #AEH. An 82 year-old underwent surgery for hip fracture led by Dr Munshid. The patient is doing well, Alhamdhulillahi. @MoHmv @ameenex @FaisalNasym Thanks to @igmhmv for arranging the instruments. pic.twitter.com/PExGJHRhs8
— Addu Equatorial Hospital (@aeh_mv) April 9, 2020
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޓުވީޓް
ސަރުކާރުގެ ޚަރަދުގައި ކިޔަވައި ވިދާޅުވުމަށް ފަހު، މާލެ ފިޔަވައި އެހެން ރަށްރަށުގައި މަސައްކަތް ކުރުމަށް ހަތް އަހަރާއި ބައިގެ ބޮންޑެއްގައި ހުންނެވި ޑރ. މުންޝިދު ވިދާޅުވީ އައްޑޫ އާ ހޮސްޕިޓަލުގައި ގިނަ ހިދުމަތްތަކެއް މިހާރު ލިބެން ހުންނާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ހިދުމަތްތައް ތައާރަފް ކުރާނެ ކަމަށެވެ.
މިހާރު ވެސް އެތަނުން، އާންމު ބަލިތަކާއި ދަތުގެ ބަލިތަކާއި ސްކޭން ކުރުމާއި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދެ އެވެ. އަދި ކަރުންމަތީގެ ބަލިތަކާއި ނަފްސާނީ ބަލިތަކާއި ހަމުގެ ބަލިތަކުގެ އިތުރުން ހިތުގެ ބަލިތަކަށް ވެސް ފަރުވާ ދެ އެވެ.
އައްޑޫ އާ ހޮސްޕިޓަލަކީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ތަނެކެވެ. މިއީ އައްޑޫގައި އާ ހޮސްޕިޓަލެއް އިމާރާތް ކުރުމަކީ އެ ސިޓީގެ މީހުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އިންތިޒާރެކެވެ.
އައްޑޫގައި އެންޑޮސްކޮޕީގެ ހިދުމަތް ފަށައިފި
އާ ހޮސްޕިޓަލް ހުޅުވައި ރީޖަނަލް ހޮސްޕިޓަލް އުވާލަނީ
އާ ހޮސްޕިޓަލަށް ކިޔަނީ "އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް"
އައްޑޫ ހޮސްޕިޓަލް ނިމިއްޖެ، މަދުވަނީ ސާމާނު: މުއިއްޒު
ލޮލުން ކަރުނައާ އެކު ފޭބީ ލޭ؛ ހޮސްޕިޓަލަށް ތުހުމަތު
ހޮސްޕިޓަލު ކައިރިން ގޯތިތައް ނަގައި ބަދަލުދޭން ފަށައިފި
ކޮވިޑާ އެކު އައްޑު އަށް އެމްބިއުލާންސްގެ ދަތިކަން
އޭއީއެޗްގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި
އައްޑޫ ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ފަރުވާ ފަށައިފި
އައްޑޫގައި ކުރި މައިބަދައިގެ ދެ އޮޕަރޭޝަން ކާމިޔާބު