Roadha Mihaaru
"ލީނާ" މިރޭ އޮލިމްޕަހަށް

"ލީނާ" މިރޭ އޮލިމްޕަސް ސިނަމާ އަށް

23 ޖުލައި 2019

އެކްޓަރު އަބްދުﷲ (މުއާ) މުއާޒް ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފީޗާ ފިލްމު "ލީނާ" މިރޭ ރެޑް ކާޕެޓް އިވެންޓަކާ އެކު، އޮލިމްޕަހުގައި ޕްރިމިއާކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު އަބްދުﷲ (މުއާ) މުއާޒް ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފީޗާ ފިލްމު "ލީނާ" މިރޭ ރެޑް ކާޕެޓް އިވެންޓަކާ އެކު، އޮލިމްޕަހުގައި ޕްރިމިއާކުރަން ތައްޔާރުވެއްޖެ އެވެ.

މައުސޫމު އަންހެން ކުއްޖެއްގެ މަރުގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި މުއާ، އަލީ (ދޮން އައްޔަ) އާޒިމް، ނުޒުހަތު (ނުޒޫ) ޝުއައިބް، ޒީނަތު އައްބާސް، އަހުމަދު ނިމާލް، އަހުމަދު ސައީދު އަދި އަހުމަދު (އާނަންދު) އީސަ ހިމެނެ އެވެ.

"ލީނާ" އަކީ ރާއްޖޭގައި ކުރިން ހިނގާފައިވާ މަރުގެ ހާދިސާއަކުން އިންސްޕަޔާވެގެން އަހުމަދު ޒަރީރު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އއ. އުކުޅަހުގަ އެވެ.

މިރޭ "ލީނާ" ޕްރިމިއާ ކުރާ އިރު މުއާ ބުނީ ފިލްމަކީ ބެލުންތެރިން ގަޔާވާ ކަހަލަ ޝައުގުވެރި އަދި ރީތި ފިލްމަކަށް ވާނެ ކަމަށެވެ. އަދި ފިލްމު ފުރިހަމަ ފިލްމަކަށް ހަދަން އޭނާ އާއި ޓީމުން ވަރަށް މަސައްކަތްކޮށްފައި ހުންނާނެ ކަމަށް ބުންޏެވެ.

އޮލިމްޕަހުގައި "ލީނާ" ގެ 15 ޝޯ ދައްކަން ޓާގެޓްކޮށްފައިވާ އިރު، ފިލްމުގެ ޓިކެޓް އަންނަނީ ވިއްކަމުންނެވެ. އަދި ފިލްމަށް ރަނގަޅު ތަރުހީބެއް ވެސް ލިބެމުން އަންނަ ކަމަށް މުއާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ލީނާ" ރާއްޖޭގެ ވީހާ ގިނަ ރަށްރަށުގައި ވެސް ދައްކަން މަސައްކަތް ކުރާނެ އެވެ.

"ލީނާ" އަކީ އޮލިމްޕަހަށް މި އަހަރު ގެންނަ 7 ވަނަ ފިލްމެވެ. އެންމެ ފަހުން އެޅުވި ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކޮމެޑީ ފިލްމު "މާމުއި" އެވެ.