24 ޖުލައި 2019
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ އަސްލު ބައިވެރިން އަދިވެސް ތިބީ މަގާމުތަކުގައި ކަމަށާއި އެ މީހުންގެ މައްސަލަތައް ނުބެލޭ ކަމަށް، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި އަހުމަދު ނަސީރު ތުހުމަތު ކުރައްވައިފި އެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ އަސްލު ބައިވެރިން އަދިވެސް ތިބީ މަގާމުތަކުގައި ކަމަށާއި އެ މީހުންގެ މައްސަލަތައް ނުބެލޭ ކަމަށް، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި އަހުމަދު ނަސީރު ތުހުމަތު ކުރައްވައިފި އެވެ.
އިސްތިއުފާ ދެއްވުމަށް ފަހު ނެރުއްވި ނޫސް ބަޔާނެއްގައި ނަސީރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފެންމަތިވީ އޭނާ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމުގެ މާކުރިން ކަމަށެވެ. އެކަމަކު އޭރު އޮތް ލީޑާޝިޕުން، އެ ޚިޔާނާތުގައި ތުހުމަތު ކުރެވޭ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ، އާދަޔާހިލާފަށް ގިނައިން ބައްދަލު ކުރެއްވި ކަމަށާއި އެކަން އެމްއެމްއޭގެ ރެކޯޑްތަކުން ފެންނަން އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެ މީހުން، އެމްއެމްއޭ އާއި ދައުލަތުގެ މަގާމުތަކުގައި ތިބި އިރު، ޚިޔާނާތުގައި އަސްލު ބައިވެރިވި މީހުންގެ މައްސަލަތައް ތަހުގީގު ނުކުރާ ކަމަށް ތުހުމަތު ކުރެއްވި އެވެ.
ނަސީރުގެ މައްޗަށް ވެސް ކޮރަޕްޝަނާ ގުޅުވައިގެން ތުހުމަތުތައް ކުރެ އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި "ތާކުން ތާކު ނުޖެހޭ" އެ ތުހުމަތުތައް ކުރަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ކަން ހިނގައިދިޔަ ގޮތް ބެއްލެވުމަށް މަސައްކަތް ކުރެއްވުމުންނެވެ.
ނަސީރު ވިދާޅުވީ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ގަވަރުނަރާއި އެމްއެމްއޭގެ ވެރިންނާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިން އަމަލުކޮށްފައިވަނީ އެންމެ ޒިންމާދާރުކޮށް ނޫން ކަމަށާއި އެކަން އޭނާ މަގާމުގައި ހުންނެވި އިރު ތައްޔާރުކުރެއްވި އެމްއެމްއޭގެ އިންޓާނަލް ރިވިއުންނާއި ތަހުގީގުތަކުން ފެންނަން ހުންނާނެ ކަމަށެވެ.
"އިންޓާނަލް އޮޑިޓުން ފެންނަން ހުރި ކަންކަމުގައި ހިމެނޭ ޖިނާއީ މައްސަލަތައް މިދިޔަ މާޗު މަހުގެ ތެރޭގައި ވާނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި އިންސާފުވެރި ތަހުގީގެއް ހިންގައިފި ނަމަ، ފިޔަވަޅު އެޅޭނެ މިންވަރަށް އެއިން ހެކި ލިބޭނެ އެވެ." އިގުތިސާދީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރައްވައި، އެ ދާއިރާގައި 12 އަހަރު ހިދުމަތް ކުރައްވާފައިވާ ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތް ދައުލަތުން ބަލައި، އެ ފައިސާ އަނބުރާ ހޯދުމަކީ ކުރަން ޖެހިފައިވާ ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެކަން ކުރެވޭނީ ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު ހޯދައިދީގެން ކަމަށާއި އެކަމަކު އެގޮތް ވިޔަ ނުދޭން ބޭނުންވާ ބަޔަކު ދައުލަތުގެ ތެރޭގައި އުޅޭ ކަމަށް ނަސީރު ތުހުމަތު ކުރެއްވި އެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެމްއެމްއޭއިން ކޮށްފައިވާ އަދި ނުކޮށް ދޫކޮށްލާފައިވާ ކަންތައްތަކާ ގުޅޭގޮތުން މާލީ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ މެދުގައި ނުތަނަވަސްކަން އެބައޮތެވެ. އެކަންކަން ރަނގަޅުކޮށް އެމްއެމްއޭއަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދިނުމަށް ކުރަންހުރި މަސައްކަތް ބުރަވެފައި، ބޮޑުކަން، އަޅުގަނޑު މަގާމާ ހަވާލުވި އިރު ވެސް އެނގެ އެވެ." ނަސީރު ވިދާޅުވި އެވެ.
"އިސްތިއުފާ ދިނީ މަގާމުގައި ހުރެގެން ޖަވާބުދާރީނުވާން"
އެފްއައިޔޫގެ މަސައްކަތަށް ނަސީރު ހުރަހެއް ނާޅާ
އެމްއެމްޕީއާރްސީގެ މައްސަލާގައި އެމްއެމްއޭ އޮޑިޓް ކުރަނީ
އާތިފްގެ ދިފާއީ ހެއްކަކަށް ނިޔާޒްގެ ނަން ހުށަހަޅައިފި
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
އެފްއައިޔޫގެ މިނިވަންކަން އޮންނާނީ ވަކިވަރަކަށް: ނަސީރު
އަޝްރަފަށް ގަވަރުނަރުގެ ބޮޑެތި އެހެން ތުހުމަތުތަކެއް
އަޝްރަފްގެ ތުހުމަތުތައް ނަސީރު މުޅިން ދޮގެއް ނުކުރޭ
މައްސަލަ ހުށަނޭޅީ އިތުބާރު ނެތުމުން: އާތިފް
އޭސީސީގެ ތަހުގީގުން އަޒީމާގެ މައްސަލައެއް ނުފެނުނު