Roadha Mihaaru
ޓެކްސް ނިންމުން އިސްތިއުނާފް ކުރުމުގައި ލުޔެއް ދެނީ

ޓެކްސް ނިންމުން އިސްތިއުނާފް ކުރުމުގައި ލުއި ދޭން ގާނޫނު އިސްލާހު ކުރަނީ

24 ޖުލައި 2019

ޓެކްސްގެ އަދަދާ މެދު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުގެ އުސޫލަށް ލުއިތަކެއް ދޭން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން އެކުލަވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެކްސްގެ އަދަދާ މެދު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުގެ އުސޫލަށް ލުއިތަކެއް ދޭން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން އެކުލަވާލައިފި އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު މިހާރު އޮންނަ ގޮތުން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކަނޑައެޅުމުގައި މީރާއިން ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހުނަސް، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އެ މައްސަލައެއް އިސްތިއުނާފް ކުރެވޭނީ މީރާއިން ކަނޑައެޅި އަދަދު އެއްކޮށް ދެއްކުމަށް ފަހު އެވެ. އަދި އެ ފައިސާ ނުދައްކާ ނަމަ، އިސްތިއުނާފް ކުރުމުގެ ހައްގެއް ނުލިބެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ގާނޫނަށް އިސްލާހު ގެންނަން އެ އޮފީހުން އެކުލަވާލި ބިލުގެ ދަށުން، މީރާއިން ކަނޑައަޅާ އަދަދުގެ 30 ޕަސެންޓް ދެއްކުމަށް ފަހު އެ މައްސަލައެއް ޓްރައިބިއުނަލްގައި އިސްތިއުނާފް ކުރެވޭނެ ކަމަށެވެ. އަދި މީރާގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އެ ނިންމުން ރިވިއު ކުރަން މީރާއަށް ހުށަހަޅާ މައްސަލަތައް ވެސް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޓެކްސް ދެއްކުމަށް ފަހު ނޫނީ އިސްތިއުނާފް ނުކުރެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާ ބާތިލް ކުރަން އަމިއްލަ ފަރާތަކުން ހައި ކޯޓަށް ކުރިން ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު އެ މައްސަލާގައި 2015 ވަނަ އަހަރު އެ ކޯޓުން ނިންމާފައި އޮތީ ގާނޫނު އެ މާއްދާ ރަނގަޅު ކަމަށެވެ.