ކުޑަ ދެ ފިރިހެން ކުދިންނާ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތު ކުރެވޭ ފުލުސް މީހާ މިއަދު ހައްޔަރުކޮށްފި އެވެ.
28 ޖުލައި 2019
ކުޑަ ދެ ފިރިހެން ކުދިންނާ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތު ކުރެވޭ ފުލުސް މީހާ މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ ފިރިހެން ފުލުސް މީހާ ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. ބަންދުގެ މުއްދަތު ޖެހީ ކްރިމިނަލް ކޯޓުންނެވެ.
އެ މީހާ ކުޑަކުއްޖަކާ އެކު ބަދުއަހުލާގީ އަމަލެއް ހިންގިކަމުގެ މައްސަލައެއް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޯބަރު 18 ވަނަ ދުވަހެވެ. އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށް ފުލުހުން ކުރިން ބުންޏެވެ.
އޭނާ އެހެން ފިރިހެން ކުއްޖަކާ އެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ މައްސަލަ ދެވަނަ ފަހަރަށް ފެންމަތިވީ މިދިޔަ މާޗް 27 ވަނަ ދުވަހެވެ. އެ އަމަލު އޭނާ ހިންގާފައި ވަނީ ނޯ ޕޭ ލީވެއްގައި ރާއްޖެ އިން ބޭރަށް ފުރުމުގެ ކުރިންނެވެ. އެކަމަކު، ދެވަނަ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރިއިރު ފުލުސް މީހާ ރާއްޖެ އިން ބޭރަށް ފުރާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް އިން އަންނަނީ ތަހުގީގުކުރަމުންނެެވެ
ފުރަން އުޅެނިކޮށް ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް
މައްސަލަ ބަލަން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
ކުޑަކުއްޖާއަށް އަނިޔާކުރި ތެރަޕިސްޓުން ހައްޔަރުކޮށްފި
ކުއްޖަކަށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް ބަލަނީ
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ލޯބިވެރިޔާ ސަލާމަތްކުރަން ލޯންޗެއް ވަގަށް ނަގައި މާލެ
ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯންޑުކުރުން ސީރިއަސް!
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި