Roadha Mihaaru
ކިމް ކާޑޭޝަންގެ ތަފާތު ޑޮކިއުމަންޓަރީއެއް

ކިމް ކާޑޭޝަންގެ ތަފާތު ޑޮކިއުމަންޓަރީއެއް

31 ޖުލައި 2019

ގާނޫނީ ވަކީލުކަން މިހާރު ކިޔަވަމުން އަންނަ އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝަން ކްރިމިނަލް ޖަސްޓިސްއާ ބެހޭ ޑޮކިއުމަންޓަރީއެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގާނޫނީ ވަކީލުކަން މިހާރު ކިޔަވަމުން އަންނަ އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝަން ކްރިމިނަލް ޖަސްޓިސްއާ ބެހޭ ޑޮކިއުމަންޓަރީއެއް ނެރެން ތައްޔާރުވެއްޖެ އެވެ.

ދެ ގަޑިއެއްހާ އިރުގެ މި ޑޮކިއުމަންޓްރީގައި މިދިޔަ ހަފުތާގައި ކިމް ވޮޝިންޓަން ޑީސީގެ ކޮލަމްބިއާ ކަރެކްޝަނަލް ޓްރީމަންޓް ފެސިލިޓީ އަށް ޒިޔާރަތްކޮށް އެތަނުގައި ތިބި ގައިދިންނާ އެކު ބޭއްވި ބައްދަލުވުންތަކުގެ މަންޒަރުތައް ވެސް ހިމެނެ އެވެ. ޑޮކިއުމަންޓަރީ އަށް ދީފައިވާ ނަމަކީ "ކިމް ކާޑޭޝަން ވެސްޓް: ދަ ޖަސްޓިސް ރިޕޯޓް" އެވެ.

މިއާ ބެހޭ ވާހަކަތައް ޓްވިޓާގައި ހިއްސާ ކުރަމުން ކިމް ބުނީ ގައިދީންނަށް ހިންގާ ޕްރޮގްރާމްތަކާ ދޭތެރޭ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ޕްރޮފެސަރު ޑރ. މާކް ހަވަޑްގެ ބެލުމުގެ ދަށުން ހިންގާ ތައުލީމީ ކޯސްތަކުގެ ބޭނުންތެރިކަން ބޮޑު ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ލޯންޗް ކުރި ޖޯޖްޓައުން ޕްރިޒަން ސްކޮލާސް ޕްރޮގްރާމްގެ ދަށުން ދެ ޖިންސުންގެ ގައިދީންނަށް އަންނަނީ އިނގިރޭސި އާއި ފިލޯސަފީ އަދި ވެރިކަން ހިންގުން ފަދަ ދާއިރާތަކުގެ ކޯސްތައް ހިންގަމުންނެވެ.

"ގައިދީންނަށް ހިންގާ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން އެ މީހުން އެނބުރި މުޖަތަމައަށް ނުކުމެ ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ މަގުފަހިވެގެން ދާނެ،" ކިމް ބުންޏެވެ. "އަދި މިއީ އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނާނެ ކަމެއް."

ކިމްގެ "ކިމް ކާޑޭޝަން ވެސްޓް: ދަ ޖަސްޓިސް ރިޕޯޓް" ޑޮކިއުމަންޓްރީ ދައްކަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު އޮސިޖެން ޗެނެލުންނެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ކިމް ބުނި ގޮތުގައި އޭނާގެ ޑޮކިއުމަންޓީން އަދުލު އިންސާފުގެ ނިޒާމު އޮންނަން އޭނާ ބޭނުންވާ ގޮތުގެ ތަސައްވުރެ ޑޮކިއުމަންޓަރީން ބެލުންތެރިންނަށް ދައްކުވައިދޭނެ އެވެ.

ރެޕާ ކަންޔޭ ވެސްޓާ ކައިވެނިކޮށްގެން ހަތަރު ދަރިން ވެސް ތިބި ކިމް، 38، ގާނޫނީ ވަކީލުކަން ކިޔަވަމުން އަންނަ އިރު، އޭނާއަކީ މިހާރު ވެސް ގައިދީންނަށް ގާނޫނު އެހީތެރިކަން ފޯރުކޮށްދީ، އަހުލާގު ރަނގަޅު ގައިދީން ޖަލުން ސަލާމަތްކޮށް ދޭން މަސައްކަތްތަކެއް ކުރަމުން އަންނަ މީހެކެވެ.